އެމްބާޕޭ 100 ލަނޑު ހަމަކުރިއިރު، މެސީ އަދި ރޮނާލްޑޯ ފަހަތަށް ޖައްސާލައިފި

ޕީއެސްޖީއަށް ކުޅެމުން ކީލިއަން އެމްބާޕޭ ކްލަބް ލެވެލްގައި ޖެހި 100 ލަނޑު ހަމަކުރިއިރު، މެސީ އަދި ރޮނާލްޑޯ ފަހަތަށް ޖައްސާލައިފިއެވެ.

އުމުރުން 20 އަހަރުގެ އެމްބާޕޭ ކްލަބް ލެވެލްގައި ޖެހި 100 ވަނަ ލަނޑު ޖަހާފައިވަނީ ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަދުވަހުގެ ރޭ ގަލަތަސަރޭއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗު ޕީއެސްޖީއިން ފަޞޭޙަކަމާއެކު ކާމިޔާބުކޯށްފައިވަނީ 5-0 ގެ ނަތީޖާއަކުންނެވެ.

އެމްބާޕޭ މިހާ ހަގު އުމުރުގައި 100 ލަނޑު ހަމަކޮށްފައިވަނީ މިހާރު ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ފާހަގަކޮށްލެވޭ މެސީ އަދި ރޮނާލްޑޯއަށްވުރެ އަވަހަށެވެ. މެސީ ކްލަބް ލެވެލްގައި ޖެހި 100 ލަނޑު އުމުރުން 22 އަހަރާއި 6 މަހުގައި ޖެހިއިރު، ސެވިއްޔާއާއި ދެކޮޅަށް އެލަނޑު ޖަހާފައިވަނީ 16 ޖެނުއަރީ 2010 ގައެވެ. އަދި ރޮނާލްޑޯ ކްލަބު ލެވެލްގައި ޖެހި 100 ލަނޑު ހަމަކުރިއިރު އޭނާގެ އުމުރަކީ 22 އަހަރާއި 11 މަހެވެ.

އެމްބާޕޭގެ މޮޅު ހުނަރުތަކާއެކު، އެތަށް ބައެއްގެ ހިތްތަކުން މިހާރުވެސް ޖާގަ ހޯދާފައިވާއިރު، މެސީ އަދި ރޮނާލްޑޯއަށްފަހު އެމްބާޕޭ ފުޓްބޯޅައިގައި ރަސްކަން ކުރާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ