ލިވަޕޫލްއާއެކު ހަދާފައިވާ އެއްބަސްވުން ކްލޮޕް އާ ކޮށްފި

ލިވަޕޫލްއާއެކު ހަދާފައިވާ އެއްބަސްވުން އެކްލަބުގެ ކޯޗު ޔާގެން ކްލޮޕް އާ ކޮށްފިއެވެ.

ކްލޮޕްވަނީ އޭނާގެ އެއްބަސްވުން 2024 ވަނަ އަހަރާއި ހަމައަށް އިތުރުކޮށްފައެވެ.

ކްލޮޕް ލިވަޕޫލްއާއި ގުޅުނީ 2015 ވަނަ އަހަރުއެވެ. އަދި ޖެހިގެންއައި އަހަރު 2016 ވަނަ އަހަރުގެ ޖުލައިމަހު ލިވަޕޫލްއާއެކު 6 އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރިއެވެ.

ލިވަޕޫލާއި އެކު ހަދައިފައިވާ އެއްބަސްވުން ހަމަވާން ތިން އަހަރު އޮއްވައި ކްލޮޕް އާ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާއިރު، ކޮލްޕްވަނީ ލިވަޕޫލަށް ޗެމްޕިއަންސް ލީގު ހޯދައިދީފައެވެ. 1900 ގެ އަހަރު ތަކުގައި ޔޫރަޕްގެ ގަދަ ބާރެއްގެ ގޮތުގައި ފާހަގަކުރެވުނު ލިވަޕޫލް ޔޫރަޕްގެ ރަސްކަމަށް އައިސްފައިވަނީ 14 އަހަރަށް ފަހުގައެވެ.

"މިއީ ވަރަށް ކަމުދާ ކްލަބެއް. ދޫކޮށްލުމުގެ ވިސްނުމެއް ނުވެސް އާދޭ." ކޮލްޕް ބުންޏެވެ.

މިދިޔަ ސީޒަންގައިވެސް ސިޓީއަށް ރަނގަޅު ފައިޓެއްދީފައިވާ ލިވަޕޫލް، މިދިޔަ އަހަރުގެ ޕްރިމިއާ ލީގުގައި ދަށްވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި ލީގުގެ ދެވަނަ ލިބުނުއިރު އެއްވަނާގައި އޮތް ސިޓީއަށްވުރެ މަދީ އެންމެ ޕޮއިންޓެކެވެ.

މިސީޒަންގައި މިހާތަނަށް ކުޅުނު 16 ލީގު މެޗުން 15 މެޗުން ލިވަޕޫލް މޮޅުވެފައިވާއިރު، އަނެއް މެޗުންވަނީ އެއްވަރުވެފައެވެ. އަދި ތާވަލްގެ އެއްވަނާގައި ލިވަޕޫލް އޮތީ 8 ޕޮއިންޓްގެ ލީޑަކާއެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ