"ފޯޓީ ޕްލަސް" އަހަރުގެ ބޮޑު ފިލްމަށް ނުވެ ނުދާނެ

އަހަރުގެ ބޮޑު ފިލްމުގެ ގޮތުގައި ޕްރޮމޯޓް ކުރަމުންގޮސް "ފޯޓީ ޕްލަސް" ރޭ ޕްރިމިއަރ ކޮށްދެއްވީ ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމެވެ. ރޭ ފިލްމު ޕްރިމިއަރ ކޮށްފައިވާއިރު، ފިލްމަށް ޕްރިމިއަރަ ނައިޓްގައި ލިބުނު ތަރުހީބުން އެކަނިވެސް ފިލްމުގެ ފެންވަރު ވަރަށް ސާފެވެ.

ޝައި ޕްރޮޑަކްޝަން އަދި ޔޫއްޕެ ޕްރޮޑަކްޝަން އެކުގައި އުފައްދާފައިވާ ފޯޓީ ޕްލަސް އަކީ ނޯޓީ ފޯޓީ ގެ ސީކުއަލް ފިލްމެކެވެ. ހެއްޔާ، މަޖާ، ބިރުވެރި މި ފިލްމުގެ ޕްރިމިއަރ ނައިޓްގައި ގިނަ ބަޔަކު ބައިވެރިވެފައިވާއިރު، ފިލްމަށް އެތައް ތައުރީފެއް އޮހެމުންދެއެވެ.

ޕްރިމިއަރ ޝޯ ބަލާފައި ނުހީ ނިކުތް މީހަކަށް ލަންކާ ދެކޮޅު ޓިކެޓް ދޭނެކަމަށް ބުނެފައިވާއިރު، ފިލްމު ސްކްރީން ކުރުމާއެކު އޮލިމްޕަސް ގުގުމާލާފައިވަނީ ހުނުމުގެ އަޑުންނެވެ. ނުހީ ހުރެވުނު ހަމަ އެކަކުވެސް ނެތްމެއެވެ. އެންމެން ހެމުންދިޔައިރު ފޫހިވެފައިހުރި އެންމެ މޫނެއްވެސް ސިނަމާއިން ފެންނާން ނެތްމެއެވެ.

އުމުރުން ސާޅީހުން މަތީގައި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުގެ މައްޗަށް އަލިއަޅުއްވާލާފައިވާއިރު، ހެއްވާ މަޖާ ނޫން ހަމަ އެންމެ މަންޒަރެއްވެސް ނެތީއެވެ. އެހެރަ ދައްކާ ވާހަކަތަކާއި، ސްޓާރުންގެ މޮޅު އެކްޓުން ފިލްމު ބަލާ ފޫހިނުވާނެކަނަ ގައިމެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މެޕަކާއި، ކެމެރާއާއި އެހެނިހެން ޓެކްނިކަލް ހުރިހާ ކަމެއްގައިވެސް އެހާމެ ފުރިހަމައެވެ.

ތ. ބުރުނީގައި ޝޫޓްކޮށްފައިވާ، މި ފިލްމުގެ ތަރިން ގެ ގޮތުގައި ފެނިގެން ދިޔައީ ސީޒަން، މުހައްމަދު މަނިކު، ޔޫއްޕެ، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު އީސާ، މައިޝާ އަހްމަދު ސައީދު، ޝީލާ ނަޖީބު، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ. މީގެ އިތުރުން ދެވަންސޫރައިން ފިލްމީ ދާއިރާއަށް ތައާރަފުވި، ޝިފާ، އާނަންދު އަދި މަރިޔަމް ޝަކީލާ އާއި މުޅިން އަލަށް ތައާރަފުވާ ބަތަލާ އިރްފާނާ އިބްރާހީމް އެވެ.

ފިލްމު ބެލުމަށްފަހު "ފެށުން" އާ ވާހަކަދެއްކި ހުރިހާ ބެލުންތެރިންވެސް ތިބީ ފިލްމާމެދު ހިތްހަމަޖެހިފައެވެ. ހުރިހާ ބެލުންތެރިންގެވެސް ބަހަކަށްވީ މި ފިލްމު އަދި އެއްފަހަރު "ނުބަލާ ދޫކޮށްލެވެން ނެތް" ކަމަށެވެ. ހަމައެއާއެކު މީސްމީޑިއާވެސް ފުނިޖެހެމުން މިދަނީ ފިލްމަށް އެހޭ ތައުރީފުންނެވެ.

މި ހަފްލާގައި ކުރީގެ ރައީސް މައުމޫނާއި އެކު ދަރިކަނބަލުން މިނިސްޓަރ އޮފް އާރޓް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވެސް ވަނީ ބަިއވެރިވެ ވަޑައިގެން ނެވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް