ބުންޑެސްލީގާ - ކުޓީނިއޯގެ ހެޓްރިކާއެކު ބަޔާންއަށް ފަޞޭޙަ މޮޅެއް

ޖަރުމަން ބުންޑެސްލީގާގައި ރޭ ބަޔާން މިއުނިކް އަދި ވާޑާ ބައްދަލުކުރި މެޗުގައި ކުޓީނިއޯ ހެދި ހެޓްރިކާއެކު ފަޞޭޙަ ކަމާއެކު ބަޔާން މޮޅުވެއްޖެއެވެ.

އެލިއެންޒް އެރީނާގައި ކުޅެވުނު މިމެޗު ބަޔާންއިން ކާމިޔާބުކޮށްފައިވަނީ 6-1 ގެ ނަތީޖާއަކުންނެވެ.

ހުރިހާ ގޮތަކުންވެސް ބަޔާން ކޮންޓްރޯލް ކުރި މިމެޗުގައި މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ބާސެލޯނާ ދޫކޮށް ބަޔާންއާއި ގުޅުނު ފިލިޕޭ ކުޓީނިއޯ ހެޓްރިކެއްހަދާފައިވާއިވާއިރު ދެ އެސިސްތްވެސް ހަދާފައިވެއެވެ. އަދި ލެވެންޑޯސްކީ ދެލަނޑު ޖަހާފައިވާއިރު، ބަޔާންގެ އަނެއްލަނޑު ޖަހާފައިވަނީ މުލާއެވެ.

ކުޓީނިއޯގެ މިހެޓްރިކާއެކު ބުންޑެސްލީގާގައި ހެޓްރިކް ހެދި ބްރެޒިލްގެ ދެވަނަ ކުޅުންތެރިޔާއަށް އޭނަވަނީ ވެގެން ގޮސްފައެވެ. ބުންޑެސްލީގާގައި ހެޓްރިކްހެދި ބްރެޒިލްގެ ފުރަތަމަ ކުޅުންތެރިއަކީ މިހާރު ކުޅުމާއި ދުރުގައިހުރި ޖިއޮވާނޭ އެލްބާއެވެ.

ކުޓީނިއޯ މިހާތަނަށް ބަޔާންއަށް 7 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، އޭނާވަނީ މިހަފްތާތެރޭގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައިވެއެވެ.

ވާޑާގެ ހަމައެކަނި ލަނޑު މެޗުގެ 24 ވަނަ މިނަޓްގައި ފެނިގެންގޮސްފައިވާއިރު، އެލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ ރަޝިކާއެވެ.

15 މެޗުން ލިބުނ 27 ޕޮއިންޓާއެކު ބަޔާން އޮތީ ތާވަލްގެ ހަތަރުވަނާގައެވެ. އެއްވަނާގައި އޮތް ލައިޕްޒިގަށް 15 މެޗުން 33 ޕޮއިންޓް ލިބިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ