ދެ ފޫޓްގެ ދަތް ދަގަނޑަކާއެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ ރޭ މެންދަމުންއަލިވެ 03:40 ހާއިރު ކަމަށެވެ.
"2019 ޑިސެމްބަރ 15 ވަނަ ދުވަހުގެ 03:40 ހާއިރު މާފަންނު ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، މާވެޔޮމަގުގައި ހުރި ފިހާރައެއް ކައިރީ ހުރި މީހެއްގެ ޢަމަލުތައް ހުރިގޮތުން އޭނާ ހުއްޓުވާ ބަލާ ފާސްކުރިއިރު، އޭނާގެ އަތުން 2 ފޫޓްގެ "ދަތް ދަގަނޑެއް" ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅިގެން 40 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.




ހިޔާލު
Jazeera kan eiy