އަޖޭގެ "ތަންހާޖީ" އާ ދެކޮޅަށް ޕެޓިޝަނެއް

މުޙިއްމު ރޯލުތަކުން އަޖޭ ދޭވްގަން އާއި ސައިފް އަލީ ޚާން ފެނިގެންދާ ފިލްމު "ތަންހާޖީ: ދަ އަންސަންގް ވޮރިއަރ" އާ ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އަންނަ މަހުގެ ތެރޭގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމާ ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅާފައިވަނީ ދިއްލީގެ ހައި ކޯޓަށެވެ. އާކިލް ބަރްތިޔާ ނަމަކަށް ކިޔާ މީހަކު މި ފިލްމާ ދެކޮޅަށް ޕެޓިޝަނެއް ހުށަހަޅާފައިވަނީ ފިލްމުގައި، ބައެއް ކަންކަން އޮޅުވާލައިގެން ގެނެސްދޭން މަސައްކަތް ކުރާކަމަށް ބުނެއެވެ. އެގޮތުން، ތަންހާޖީ މަލައުސަރޭގެ އަސްލު ގެނެސްދެނީ އޮޅުވާލައިގެންކަމަށް އޭނާ ވަނީ ބުނެފައެވެ.

ތަންހާޖީ މަލައުސަރޭ އަކީ އިންޑިޔާގައި ކުރިން ރަސްކަން ކުރިކަމަށް ބުނާ މަރާތާ އެމްޕެރާގެ އެމްޕެރާއަކު، މޫގަލް ރަސްކަމުގެ ބުރުޒެއް ހިފަން ފޮނުވި މީހެކެވެ.

މި މީހާގެ ހަޔާތުގެ މައްޗަށް ބިނާކޮށްގެން ގެނެސްދޭ މި ފިލްމު ބިނާކޮށްފައިވަނީ 17 ވަނަ ގަރުނުގެ ދުވަސްވަރަށެވެ.

މި ފިލްމަކީ އޯމް ރައުތު ޑައިރެކްޓް ކުރާ ފިލްމެއްކަމުގައިވާއިރު، އަޖޭ އާއި ސައިފްގެ އިތުރުން މި ފިލްމުގެ އެހެން މުހިއްމު ރޯލުތަކުން ދެން ފެނިގެންދާނީ ކާޖޮލް ޖަގްޕަތީ ބާބޫ އަދި ޝަރަދު ކަލްކަރް އެވެ.

ފިލްމުގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތައް 2017 ވަނަ އަހަރުގެ ޖުލައި މަހު ފެށުންއިރު، ފިލްމުގެ ޝޫޓިންގ ފެށިފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ފިލްމު ރިލިޒް ކުރުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 2020 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ