ކަޓްއޮފް އެއް ވަގަށް ނަގައިގެންދިޔަ ދެމީހުން ހައްޔަރުކޮށްފި

ކަޓްއޮފް އެއް ވަގަށް ނަގައިގެންދިޔަ ދެމީހުން ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިއަދު 8:56 އެހާކަންހާއިރު މާލެބ ތެރެ ޕެޓްރޯލު ކުރަމުން ދަނިކޮށް ބުރުޒުމަގު ކެފޭއެއް ކައިރިން ހިނގާފައިދިޔަ ދެމީހުން ހައްޔަރުކޮށްފައި ވާކަމަށެވެ.

"އުމުރުން 38 އަދި 39 އަހަރުގެ ދިވެހި ދެ ފިރިހެނުންގެ އަމަލުތައް ހުރި ގޮތުން އެދެމީހުން ހުއްޓުވައި ބަލާ ފާސް ކުރިއިރު މި ދެމީހުންގެ ތެރެއިން 38 އަހަރުގެ މީހާގެ އަތުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ މަކީޓާ ބްރޭންޑް ގެ ކަޓްއޮފް އެއް ފެނިފައިވޭ" ފުލުހުން ވިދާޅުވިއެވެ.

މިހާރު މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ