އަމީން، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުހައްމަދު އަމީންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އަމީންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. ޏ. ފުވައްމުލަކު ކަރިއްޔާވިލާ، އުމުރުން 35 އަހަރުގެ އަމީން ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

އަމީން، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ ދައުލަތުން އެގޮތަށް އެދުމުންނެވެ.

އަމީންއަކީ 2007 ވަނަ އަހަރު ސަލްޓަންޕާރކް ގައި ބޮންގޮއްވި ހާދިސާގައިވެސް ފުލުހުން ހޯދި މީހެކެވެ. މީގެ އިތުރުން އޭނާ ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައިވެސް ހިމެނިފައެވެ.

އެންމެ ފަހުން ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކުގައިވާ ގޮތުން ޓެރަރިސްޓް ޖަމައާތަތްތަކަށް ތާއީދުކޮށް، އެފަދަ ޖަމާއަތްތަށް ޕްރޮމޯޓު ކުރުމަކީ ގާނޫނީ ކުށެކެވެ. މިއީ ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެފަދަ ދައުވާއެއް ކުރާ ފުރަތަމަ ފަހަރެވެ.

އަމީން، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ