މަޢުމޫން، އަނބިކަނބަލުން ނަސްރީނާ އިބްރާޙީމް އާއެކު ފޮޓޯ: ޕީއެސްއެމް

އަނބިކަނބަލުން ހިމެނިވަޑައިގަންނަވާ ގޮތަށް މަޢުމޫނަށް ލަފާއަރުވަން ކޮމެޓީއެއް އެކުލަވާލައިފި

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ލަފާ ދެއްވުމަށް 12 ބޭފުޅުންގެ ކޮމެޓީއެއް އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހީމް ހިމެނިވަޑައިގަންނަވާ ގޮތަށް އެކުލަވާލައިފިއެވެ.

އެމްއާރުއެމް އިން ވިދާލުވެފައިވާ ގޮތުގައި މި ކޮމެޓީގެ މައިގަނޑު މަސައްކަތަކީ ޕާޓީ ކުރިއަރުވައި ތަރައްޤީކުރުމުގައި، ޕާޓީގެ ރައީސް އަށް ލަފާދެއްވާ މަޝްވަރާ އެރުވުންކަމަށެވެ.

އެގޮތުން މަޢުލޫނަށް ލަފާއެރުވުމަށް އެކުލަވާލައިފައިވާ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާޙިމްއާއި، ނ.ޢ.ޢ.ވ އަލްފާޟިލް އުމަރު ޒާހިރުއާއި، ނ.ޢ.ޢ.ވ އަލްފާޟިލް އައްބާސް އިބްރާޙިމްއާއި، އަލްފާޟިލާ ރަހިމާ އާދަމްއާއި، އަލްފާޟިލް މުޙައްމަދު ޒުހައިރުއާއި، އަލްފާޟިލާ ވަފާ ވަހީދު މުޙައްމަދުއާއި، އަލްފާޟިލާ އާއިޝަތު ޝިހާމާގެ އިތުރުން އަލްފާޟިލް ޢަލީ ސުޒައިން އެވެ.

މީގެ އިތުރުން އަލްފާޟިލާ ނިޢުމާ މުޙައްމަދާއި، އަލްފާޟިލާ މޫމިނާ އަދަމްއާއި، އަލްފާޟިލް އިސްމާޢިލް މާޖިދުގެ އިތުރުން އަލްފާޟިލް މުޙައްމަދު އަފީފު ޙުސައިން ވެސް މި ކޮމެޓީގައި ހިމެނިވަޑައިގަންނަވައެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އުމަރު ޒާހިރުއަކީ ކުރީގެ ވަޒީރެކެވެ. އައްބާސް އިބްރާޙީމްއަކީ މަޢުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާޙީމްގެ ބޭބޭ ފުޅެވެ. އަދި މަޢުމޫންގެ ވެރިކަމުގައި ވަޒީރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން މަޝްހޫރު ފިލްމީތަރި ނިއުމާ މުޙައްމަދު އާއި ފުޓްބޯޅައިގެ ދާއިރާގައި މަޝްހޫރު ޢަލީ ސުޒައިންވެސް ކޮމެޓީގައި ވަނީ ހިމެނިވަޑައިގަންނަވާފައެވެ.

އެމްއާރުއެމް އިން އުފައްދަވާފައިވާ އެޕާޓީގެ އިންތިޤާލީ ރައީސްއަށް ލަފާ އަރުވާ ކޮމެތީގެ %50 އަކީ އަންހެނުންކަން ފާހަގަ ކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ