އެސްޑީއެފްސީ - ފޮޓޯ: މިހާރު

އެސްޑީއެފްސީގެ ފުރަތަމަ މާލީ އަހަރު ކާމިޔާބު އަހަރަކަށް

އެސްޑީއެފްސީގެ ފުރަތަމަ މާލީ އަހަރު ކާމިޔާބު އަހަރެއްގެ ގޮތުގައި ނިންމާލައިފިއެވެ.

މިކަން ހާމަކުރައްވާ އެސްޑީއެފްއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 18 މާރިޗު 2019 ގައި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އުފައްދައި، ޚިދުމަތްދޭން ފެށިފަހުން މިއަދާހަމައަށް 241 ފަރާތަކަށް ޖުމްލަ 283 މިލިއަން ރުފިޔާގެ ފޯނު ވަނީ ދޫކުރެވިފައިވާކަމަށެވެ.

މީގެތެރެއިން އެންމެ ގިނަ ލޯނު ދޫކުރެވިފައިވަނީ ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތަކަށާއި، ކޮމާރޝިއަލް ވިޔަފާރިތަކަށްކަމަށްވެސް އެސްޑީއެފްސީއިން ވިދާޅުވިއެވެ.

މިގޮތުން އެސްޑީއެފްސީއިން ވިދާޅުވީ، މުޅިރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 83 ރަށެއްގައި ވިޔަފާރި ހިންގާ ކުރިއެރުވުމަށް މިލޯނުތައް ދޫކުރެވިފައިވާއިރު، މިހާތަނަށް ދޫކުރެވިފައިވާ ލޯނުތަކުގެ 33 އިންސައްތަ ލޯނަކީ އަންހެނުންނާއި ޒުވާނުންނަށް ދޫކޮށްފައިވާ ލޯނުކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މި ކޯޕަރޭޝަނުން ދޭ ޚިދުމަތްތައް އަހަރުން އަހަރަށް އިތުރަށް ފުރިހަމަކޮށް، ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުން" އެސްޑީއެފްސީއިން ވިދާޅުވިއެވެ.

މިއަހަރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކުރެވޭ ލޯނަށް އެދި
ހުށަހަޅާ ފޯމު ބަލައިގަންނާނެ އެންމެ ފަހު ތާރީޚަކަށް ހަމަޖެހިފައިވަނީ 19 ޑިސެމްބަރ 2019 ވަނަދުވަސް ހަމަޖެހިފައިވާއިރު، 2020 ވަނަ އަހަރު ލޯނަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ 19 ޖެނުއަރީ އިން ފެށިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ