އަންހެނެއްގެ ހެދުން ސައިކަލު ފުރޮޅުގައި އޮޅި, މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވަނީ މިރޭ 20:18 ހާއިރު މާލޭ ބޮޑުތަކުރުފާނުގައެވެ. މި އެކްސިޑެންޓް ހިނގިއިރު އަންހެން މިހާ ލައިގެން ހުރީ ދިގު ވަންޕީސް ހެދުމެކެވެ.
ފުލުހުން ވިދާޅުވީ، މިރޭ 20:18 ހާއިރު ބޮޑުތަކުރުފާނުމަގުން ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން އަންހެނެއްގެ ހެދުން ސައިކަލުގެ ފުރޮޅުގައި އޮޅި ތާށިވެގެން އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

"މި އެކްސިޑެންޓް ހިނގުމާއެކު އެވަގުތު މަގުމަތީގައި ތިބި ޢާއްމުންގެ އެހީތެރިކަމާއެކު ފުރޮޅުގައި އޮޅި ތާށިވެފައި އޮތް ހެދުމުގެ ބައި ކަފާލައިގެން އަންހެން މީހާ ސަލާމަތްކޮށްފައިވޭ." ފުލުހުން ވިދާޅުވިއެވެ.
އެކްސިޑެންޓްގައި ހެދުން އޮޅި ބުރިކޮށްލަން ޖެހުމުން އަންހެން މީހާގެ ގައި ފެންނާތީވެ، ޓީޝާޓެއް ލެއްވުމަށްފަހު، ފުލުހުންގެ އެހީތެރިކަމާއެކު އަންހެން މީހާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
"މި އެކްސިޑެންޓްގައި އަންހެން މީހާގެ އަތަށާއި ފަޔަށް އަނިޔާވެފައިވޭ. ސައިކަލް ދުއްވަން އިން ފިރިހެން މީހާއަށް އެއްވެސް އަނިޔާއެއް ނުލިބޭ." ފުލުހުން ވިދާޅުވިއެވެ.
ދިގު ހެދުން ލައިގެން ސައިކަލްގައި ދަތުރުކުރާ އަންހެން ކަނބަލުން، ސައިކަލުގެ ފުރޮޅާއި ދިމާލަށް ހެދުން ނުދާނެހެން ސަމާލުވެގެން އިނުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.
ހިޔާލު
މިތާގައި ބައެއް ބޭފުޅުން ކޮމެންޓް ކުރައްވާފައި ހުރިގޮތުން ހީވަނީ ބޮޑުކޮށް ހެދުންއެޅުންހެން މައްސަލައަކީ. އަސްލު މައްސަލައަކީ ސައިކަލަށް އަރާއިރު ފުރޮޅުން ނެއްޓޭވަރަށް މައްޗަށް ހެދުން ހިއްލާނުލުން. ބޮޑުހެދުން ލާ ބޭފުޅުންވެސް އަޑިން ތަންކޮޅެއް ދޫ ހަރުވާޅެއް ތުރުކުރައްވާފައި ސައިކަލަށް އަރާއިންނައިރު ހެދުން މައްޗަށް ހިއްލާލީމައި އެކަން އެ ނިމުނީ. ﷲ ސުބުހާނަހޫ ވަތަޢަލާ އަންހެން ބޭކަނބަލުންގެ ހެދުން އަޅަންވީގޮތް އަންގަވާދެއްވަވާފައިވާއިރު އެކަމަށް ފާޑުކިޔަން އަހަރެމެން އިންސާނުން މީ ކޮންބައެއް؟
ahen veema ey aharemen mi bunany kuru hedhun laashey
އަދިވެސް މަގުމަތީގަ ފަސްބައި ދެމޭ ވަރަށް ދިގު ކުރޭ.
ތި ބޮޑެތި ހެދުންތައ ލާ އަންހެނުން ކައިރީ ހެދުން ފުރޮޅުދަށަށް ގޮސްދާނެޔޭ ބުނީމަ ދޭޖަވާބަކީ ނުލެވޭނެޔޭ. ރުޅި އަންނަނީ. ދެން ކީއްކުރަން ބުނަންވީ؟؟
ކޮމެންޓް ކުރުން ބަންދު