ހެލްތު މިނިސްޓަރުންގެ އިސްލާމިކް ކޮންފަރަންސްގައި މިނިސްޓަރ އަމީން ބައިވެރިވެވަޑައިގެންފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ 7 ވަނަ އިސްލާމިކް ކޮންފަރަންސް އޮފް މިނިސްޓަރސް އޮފް ހެލްތު (އައި.ސީ.އެޗް.އެމް) ގައި މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުން އަށްކުރިއަށްދަނީ އެކުވެރި ޢަރަބި އިމާރާތް(ޔޫ.އޭ.އީ)ގެ ވެރިރަށް އަބޫދާބީގައި މިމަހުގެ 15 އިން 17 އަށެވެ. މިއީ އޯ.އައި.ސީ މެމްބަރ ޤައުމުތަކުގެ ހެލްތު މިނިސްޓަރުންނާއި ހެލްތު ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެކެވެ.

"މި ބައްދަލުވުމަކީ "ކުއަލިޓީ އޮފް ލައިފް" މި ޝިޢާރުގެ ދަށުން އޯ.އައި.ސީ.ގެ މެމްބަރ ޤައުމުތަކުގެ ޞިއްޙީ ޙާލަތު ވަޒަންކޮށް، އޯ.އައި.ސީ. ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަން (OIC-SHPA 2014-2023) ތަންފީޒް ކުރާ މިންވަރު ބަލުމުގެ މަޤްޞަދުގައި ކުރިއަށްދާ ބައްދަލުވުމެއް" މިނިސްޓްރީ އޮފް ހެލްތް އިން ވިދާޅުވިއެވެ.

މިންިސްޓްރީ އޮފް ހެލްތުން ބުނެފައިވަނީ މި ބައްދަލުވުން މެދުވެރިކޮށް އޯ.އައި.ސީ.ގެ މެމްބަރ ޤައުމުތަކުގެ ޞިއްޙީ ޙާލަތު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅިގެންދާނެ ކަމަށެވެ. އަދި މިއަހަރުގެ ބައްދަލުވުމުގައި އެންޓިވެކްސް ކެމްޕެއިންއާއި ގުޅިގެން މެމްބަރ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި މެމްބަރ ޤައުމުތަތުގެ ސަމާލުކަމަށް މިކަން ގެނެސް މިކަމަށް ހައްލުހޯދުމަށް ހުރިހާ ޤައުމުތަކުން އެއްބާރުލައިގެން މަސައްކަތް ކުރުމަށްއެދި ރާއްޖެއިން ތައްޔާރުކޮށްފައިވާ ރިސޮލިއުޝަން މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ހުށައެޅައިދެއްވާނެ ކަމަށެވެ.

އޯ.އައި.ސީގެ 6 ވަނަ އިސްލާމިކް ކޮންފަރަންސް އޮފް މިނިސްޓަރސް އޮފް ހެލްތު (އައި.ސީ.އެޗް.އެމް) މީގެ ކުރިން ބޭއްވިފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި ސަޢޫދީ އަރަބިޔާގެ ޖިއްދާގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ