ރާއްޖޭގައި ވައިގެ މަގުން ބޮން ގޮއްވާލަން ރޭވި!

އަނިޔާވެރި އަމަލުތަކުގައި ހައްދުފަހަނާޅަފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ލީޑަޝިޕުން އިންސްޓްރަކްޝަން ދީގެން ސީރިއާގައި ހުރި ދިވެއްސަކު އިސްވެ 2017 ގައި ރާއްޖޭގައި ވައިގެ މަގުން ބޮން ގޮއްވާލަން އުޅުނު ކަމަށް ކަމާބެހޭ އިދާރާތަކުން މިއަދު ހާމަކޮށްފިއެވެ.

ވައިގެ މަގުން ބޮން ގޮއްވާލައި ދޭން އުޅުނު ވަރުގަދަ ހަމަލާ ނާކާމިޔާބުކޮށްލީ ދިވެހި ފުލުހުންނާއި، އެމްއެންޑީއެފް އަދި ކައުންޓާ ޓެރަރިޒަމް ސެންޓަރު ގުޅިގެން ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި އެވެ.

ކްރޮސްރޯޑްސްގައި މިހާރު ކުރިއަށްދާ ކައުންސިލަރުންގެ މަހާސިންތާގައި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު ގުޅިގެން ވަނީ ރާއްޖޭގައި ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމާއި ޓެރަރިޒަމް އޮތް މިންވަރު އަންގައިދިނުމަށް ޕްރެޒެންޓޭޝަނެއް ހުށައަޅައިފައެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު، ރާއްޖެއަކީ ބައިނަލްއަގުވާމީ ގޮތުން ޓެރަރިޒަމްއާ ދެކޮޅަށް ކުރާ މަސައްކަތުގައި އެންމެ ބޮޑަށް މަސައްކަތް ކޮށްދޭ ގައުމު ކަމަށް ސީޕީ ވިދާޅުވިއެވެ. އެގޮތުން ޓެރަރިޒަމްގެ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހަކީ ވެސް އޭގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

2017 ވަނަ އަހަރުގެ ތެރޭގައި މާލޭގައި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ