އިލްޔާސް ވަހީދު (އިއްލެ)ގެ ފުރަތަމަ ފިލްމް "ބަވަތި" އަށްފަހު އޭނަގެ އައު ފީޗާ ފިލްމް މިވަނީ އެންމެފަހުން އިއުލާންކޮށްފައެވެ. އިއްލެ ދެން ސިނަމާއަށް ގެންނާނީ "ނީނާ" ގެ ނަމުގައި އުފައްދާ ފިލްމެކެވެ.
"ނީނާ" ގެ ކުޑަ ޓީޒާ ކޮޅަކާއެކު، ފިލްމްގެ ޕްރޮޑަކްޝަން ޓީމު "އައި ފިލްމްސް" އިން ފިލްމް ރޭ އިއުލާންކޮށްފައިވާއިރު، ފިލްމުގައި ހިމެނޭ ހުރިހާ ކާސްޓުންވެސް ރޭ ވަނީ ހާމަކޮށްފައެވެ.
”ހަމްދުއަށް އެނގޭތަ މަގޭ ނަމުގެ މާނަ؟“ މި ޓީޒާ ފެށެނީ ފިލްމުގެ ލީޑު ތަރި ނުޒުހަތު ޝުއައިބުގެ ސުވާލަކުންނެވެ. އަދި ނިމިގެންދަނީ ފިލްމުގެ ބަތަލު އާދޭހުގެ ރާގެއްގައި ނީނާ އަށް ގޮވާ އަޑާއެކުއެވެ.
ފިލްމްގައި ހިމެނޭ ތަރިންނަށް ބަލާއިރު، "ނީނާ" ގައިވެސް ފެނިގެންދާނީ "ބަވަތި" ގައި މޮޅު ރޯލެއް ކުޅެދިން ކުޅަދާނަ ޒުވާން ފިލްމީ ތަރި ނުޒުހަތު ޝުއައިބެވެ. ދެން ފެނިގެންދާނީ ޖުމައްޔިލް ނިމާލާއި، މަރިޔަމް ޝަކީލާ އާދަމް (ޝަކިއްތަ) އެވެ. މީގެ އިތުރުން މި ފިލްމަށް މުޅިން އަލަށް ހަތަރު ތަރިން ތައާރަފް ކުރާނެއެވެ.
ދިވެހި ފިލްމީ އިންޑަސްޓްރީއަށް "ބަވަތި" ގެ ނަމުގައި މުޅިން ތަފާތު ފިލްމެއް ގެނެސްދިނުމަށްފަހު، މި ފަހަރު މި ގެނެސްދޭ ފިލްމް "ނީނާ" އަކީވެސް ތަފާތު ފިލްމަކަށް ވާނެކަން، ފިލްމްގެ ޓީޒާއިން ފެށިގެން ފިލްމްގެ އެކްޓަރުން ކުރާ މަސައްކަތުންވެސް ހާމަވެގެންދެއެވެ.
NINAI Films Present our 2nd motion picture '' NINA "Staring : Nuzhath ShuaibIntroducing : Saraph AbdullaJumayyil NimalHamdhoon FarooqAli YooshauIntroducing : NaTasha JaleelALi INaZNaajiha AzoorIntroducing : Ibrahim ShaaifMore DexShintey GolaaIntroducing : Hassan Saamih MohamedAdam RizweeMariyam Shakeela AdamMusic : Hussain ThaufeeqMakeup : Ruthba AhmedCinemetography : KanDi VisanEditing and Post Production :Orkeyz inc.Visuals : SamiStory and Script : Ilyaas WaheedAssistant Director : Ahmed Ifnaz FiragProducers : Aachim Ali and Ahmed VahydDirector : Ilyaas Waheed#ninathemovie2020 #ifilmsmv
Posted by NINA the MOVIE on Sunday, December 15, 2019
އެގޮތުން ފިލްމްގެ ބަތަލާ ނުޒޫ މާޝަލް އާޓްސް ދަސްކުރުމުގެ މަސައްކަތް ކުރަނިކޮށް ނަގާފައިވާ ބައެއް ފޮޓޯތައް އައި ފިލްމްސްއިން މީގެ ކުޑަދުވަސްކޮޅުއް ކުރިން ވަނީ އާންމުކޮށްފައެވެ.
ފިލްމް "ނީނާ" ގެ ވާހަކަވެސް ފިލްމްގް ޑައިރެކްޓަރު އިއްލެ ލިޔެފައިވާއިރު، ފިލްމުގެ ޕްރޮޑިއުސަރުންނަކީ އާސިމް އަލީ އަދި އަހުމަދު ވަހީދެވެ.