އިންސާނުންގެ ތެރޭގައި އެންމެ ގާތްކޮށް ދިރިއުޅޭ ގިނަ ޖަނަވާރުންނަކީ، އިންސާނުން ދައްކާ ވާހަކަ ނަގައިގަނެވޭ އެއްޗިއްސެއްނޫނެވެ. އެހެންނަމަވެސް ގުރައަކީ އަހަރެމެން ދައްކާވާހަކަ ނިކަން ފަސޭހައިން ދެނެގަނެ، އެއްވެސް އުނދަގުލަކާއި ނުލާ އަހަރެމެން ވާހަކަ ދައްކާގޮތައް މުއާމަލާތްކުރަން އެނގޭ ދޫންޏެކެވެ.
2016 އަހަރު ހެދި ދިރާސާއަކުން ދައްކާގޮތުގައި، ރާމާމަކުނަކީ، އޭތީގެ ހަށިގަނޑުން އިންސާނުން ވާހަކަ ދައްކާގޮތައް މުއާމަލާތްކުރުމުގެ ޤާބިލުކަން ލިބިފައިވާ ޖަނަވާރަކެވެ. ނަމަވެސް އޭތީގެ ސިކުނޑީގައި އެކަން ކުރުމުގެ ޤާބިލުކަމެއް ނެތެވެ. ރާމާމަކުނުގެ ހަޤީގަތަކީ މިއީ ކަމަށްވާއިރު ދޫނިސޫފާ ސޫޕަށް މިކަން ކުރެވެނީ ކީއްވެ ހެއްޔެވެ؟
ފުރަތަމަ ދޫނިސޫފާ ސޫފި ތަކުގެ ސިކުނޑީގެ ޤާބިލުކަމަށް ބަލާއިރު ގުރައަކީ، ވަރަށް ވިސްނުންތޫނު ދޫންޏެކެވެ. ގުރަލަކީ، އަބަދުވެސް ވަރަށް ހެލިފެލިވެ އުޅެން ބޭނުންވާ ދޫންޏެކެވެ. އަދި އިންސާނުންނާ ގުޅުންބަދަހިކޮށް އިންސާނުންގެ ތެރޭގައި ދިރިއުޅެން ބޭނުންވާ ޖަނަވާރެކެވެ.
ގުރައަކީ، ޖަންގަލީގައި ދިރިއުޅޭއިރު، އޭއްޗެހީގެ ބައިވެރިން ދެނެގަނޭވޭ ގޮތަށް ތަފާތު އަމިއްލަ ލަވަ ހަދައިގެން އުޅޭ ދޫންޏެކެވެ. ދިރާސާތަކުން ދެނެގަނެވުނު ގޮތުގައި، ގުރާ، އޭއްޗެހީގެ ބައިވެރިންނާއެކު އެކަތި އަނެކައްޗާ މުއާމަލާތް ކުރެއެވެ. އަދި ގުރަލުގެ ސިކުނޑި ތަހުލީލު ކުރުމުން އެނގުނު ގޮތުގައި، އޭއްޗެހި ބަސް ދަސްކުރަނީ އިންސާނުންވެސް ބަސް އުނގެނޭގޮތަށެވެ. އިންސާނުން ކިޔާ ކޮންމެ އެއްޗެއް ގުރާ ކޮޕީ ކޮށްގެން ދަސްކުރަނީ މިހެންވެއެވެ.
ސިކުނޑީގެ ވިސްނުން ތޫނުކަމުގެ އިތުރުން، ގުރައަކީ އަދަޔާ ޙިލާފަށް މޮޅަށް ލަވަކިޔަން އިނގޭ ދޫންޏެކެވެ. ގުރަލުގެ "އަޑު ފޮށި" އިންސާނުންނާ މުޅިން ތަފާތެވެ. އެހެންކަމުން އިންސާނުންނާ ހިލާފަށް އޭތީގެ "ވޯކަލް ޓްރެކްޓް" ނުވަތަ އަޑު މާބޮޑަށް ކޮންޓްރޯލުކުރެވެއެވެ.
މީގެ ހަޤީގަތަކީ، އިންސާނުންގެ "ލެރިންކްސް" އާ ގާތްގަނޑަކަށް އެއްގޮތަށް ގުރާގެ "ސިރިންކްސް" ހުރުމެވެ. "ލެރިންކްސް" ނުވަތަ "އަޑު ފޮށީ" އަކީ އިންސާނުންގެ ކަރުގައި ހުންނަ ނިޒާމެކެވެ. އިންސާނުންގެ އަޑު އުފައްދައިދިނުމުގެ އަސްލަކީ މި ނިޒާމެވެ. ހަމަ އެގޮތަށް ގުރާގެ އަޑު އުފައްދާދެނީ "ސިރިންކްސް" މެދުވެރިކޮށެވެ. ނަމަވެސް އިންސާނުންގެ "ލެރިންކްސް" އާ ޙިލާފަށް ގުރަލުގެ "ސިރިންކްސް" އަށް އެއްފަހަރާ ދެ އަޑު އުފެއްދުމުގެ ޤާބިލުކަން ލިބިފައިވެއެވެ. އަދި ހުއްޓާނުލާ ލަވަކިޔުމުގެ ޤާބިލުކަން ގުރަލަށް ލިބިފައިވުމުގެ ސިއްރަކީވެސް މިއެވެ.
ގުރާގެ އެކި ވައްތަރުތައް އަހަރެމެން ދިވެހިންގެ ތެރޭގައިވެސް ދިރިއުޅޭއިރު، ގުރައަކީ ދިވެހިން އާއްމުކޮށް "ޕެޓް އެނިމަލް" އެއްގެ ގޮތުގައި ގެންގުޅޭ ދޫންޏެކެވެ.
ހިޔާލު
Thiyakun neygun keyvekameh vaahaka dhehkenee eh
ދިވެހި ބަހުގެ ހަމަތައް ހިފެހެއްޓުމަށް ނަސޭހަތްތެރިވަން. ބޭނުންކުރަން ޖެހޭ އަކުރާއި ފިލި ބޭނުންކުރަން އާދަކުރޭ.
މިސާލު: ގުރަލުގެ – ގުރާގެ
ރަށުގައި ބޭނުންކުރެވޭ ބަހުރުވަ ނޫސްވެރިކަމުގައި ބޭނުން ނުކުރަމާ.
ކޮމެންޓް ކުރުން ބަންދު