ދުވަސްވީ ދެމަފިރިއެއް ދިރިއުޅޭ ގެއެއް ފަޅާލައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

ދުވަސްވީ ދެމަފިރިއެއް ދިރިއުޅޭ ގެއެއް ފަޅާލައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ، ގދ. ގައްދޫގައި ދުވަސްވީ ދެމަފިރިއަކު ދިރިއުޅޭ ގެއެއްގެ ދޮރު ހަލާކުކޮށްލައިގެން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށްނަގާފައިވާ ކަމުގެ މައްސަލައެއް އެއިދާރާއަށް ހުށަހެޅިފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހުށަހެޅުނު މިމައްސަލާގައި 95،000 ދިވެރި ރުފިޔާއާއި، 1000 އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާކަމަށެވެ.

މިމައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ