ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް ސީރީއާގައި ރާމާމަކުނު ޕޯސްޓަރެއް

ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް އިޓާލިއަން ސީރީއާގައި ރާމާމާކުނު ޕޯސްޓަރެއް ބޭނުން ކުރައް ފައްޓައިފިއެވެ.

އިޓަލީގައި ނަސްލީ ތަފާތުކުރުމުގެ މައްސަލަ މިސީޒަންގައި އިންތިހާއަށް ބޮޑުވެފައިވާއިރު، މިޕޯސްޓަރުގެ ސަބަބުން ކުޅުންތެރިންނާއި ދިމާލަށް ސަޕޯޓަރުން ލައްވާ ރާމާމަކުނު އަޑު ލެއްވުން ހުއްޓުވިގެންދާނެކަމަށް އުންމީދުކުރާކަމަށް މިކުރެހުން ޑިޒައިންކުރި ފަރާތުން ޤަބޫލުކުރެއެވެ.

މިޑިޒައިން ތައްޔާރުކޮށްފައިވަނީ ސިމިއޯނީ ފުގަޒޯޓޯ ނަމަކަށްކިޔާ އާޓިސްޓެކެވެ. މިދިޔަ މެއިމަހު ލާޒިއޯ އާއި އެޓްލާންޓާއި ބައްދަލުކުރި މެޗުގައި ފެނިގެންދިޔަ ނަސްލީ ތަފާތުކުރުންތަކަށްފަހު މިކަމަށް ކުރެހުމެއް ހެދުމުގެ ވިސްނުން އޭނާ ގެންގުޅެމުން އަންނައިރު، ރާމާމަކުނު ބޭނުންކުރުމުގެ ޚިޔާލު އައިސްފައިވަނީ އިންޓަރ މިލާންއާއި ނަޕޯލީއާއި ބައްދަލުކުރި މެޗަށްފަހުކަމަށްވެސް ފުގަޒޯޓޯ ބުންޏެވެ.

އެމެޗުގައި ނަޕޯލީގެ ޑިފެންޑަރު ކޮލިބަލީއާއި ދިމާއަށް ސަޕޯޓަރުންގެ ގިނަ ބަޔަކު ރާމާމަކުނުގެ އަޑު ލައްވާ ދިމާކޮށްފައިވެއެވެ.

ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް ބޭނުންކުރާ މިޕޯސްޓަރުގައި ފެނިގެންދަނީ މޫނުގައި ކުލަ ޖައްސާފައި ހުންނަ 3 ރާމާމަކުނެވެ.

ނަސްލީ ތަފާތުކުރުންތަކާއި ދެކޮޅަށް ފުގަޒޯޓޯ ކުރަހާފައިވާ މިކުރެހުން މިލާންގައި ހުންނަ ސީރީއާގެ ހެޑްކުއާޓަރގައި ބޭނުންކުރާގޮތަށްވެސްވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ