އިޓާލިއަން ސީރީއާގައި ރޭ ޓޮރީނޯއާއި ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހިލޭ ޖެހުމުން ކާމިޔާބުކޮށްދިން ހިތްޤައިމު ލަނޑާއެކު އޭނާގެ ނަން ތާރީޚްގައި އަނެއްކާވެސް ލިޔެވިއްޖެއެވެ.
އެލިއެންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ޔުވެންޓަސްއިން ފަޞޭޙަކަމާއެކު ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފެށުނުތަނާހެން ޔުވެންޓަސްއިންވަނީ ލީޑުނަގާފައެވެ. 3 ވަނަ މިނަޓްގައި ފެނިގެން މިލަނޑު ކާމިޔާބުކޮށްދިނީ ޕައުލޯ ޑިބާލާއެވެ. އަދި ޖުއާން ކޯޑްރާޑޯ މެޗުގެ 29 މިނަޓްގައި އިތުރު ލަނޑެއްޖަހައި ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދިންނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮރީނޯއިން އިތުރު ލަނޑެއްޖަހައި ފަރަގުވަނީ ކުޑަކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފެނިގެންދިޔަ މިލަނޑަކީ ލިބުނު ޕެނަލްޓީއަކުން އެންޑްރޭ ބެލޮޓީ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ދެވަނަ ފަހަރަށް ޔުވެންޓަސް ދެ ލަނޑުގެ ލީޑެއްނެގީ މެޗުގެ ދެވަނަ ހާފުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގެ 61 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ހިލޭ ޖެހުމަކުން ރޮނާލްޑޯ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.
CRISTIANO RONALDO WHAT A FREE KICK pic.twitter.com/OsRpUwQ4Cp
— - (@Abh9ii) July 4, 2020
ލަނޑު ޖެހުމަށް ކުޅަދާނަ ރޮނާލްޑޯ ރޭ ކާމިޔާބުކުރި ލަނޑަކީ ހިލޭ ޖެހުމަކުން ޔުވެންޓަސް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
1 - Cristiano #Ronaldo has scored his first goal from a direct free-kick for Juventus with his 43rd attempt in all competitions. Unlocked. #JuveTorino
— OptaPaolo (@OptaPaolo) July 4, 2020
ރޭގެ ލަނޑަކީ މިސީޒަންގެ ސީރީގައި އޭނާ ކާމިޔާބުކޮށްދިން 25 ވަނަ ލަނޑެވެ. މިސީޒަންގައި ޔުވެންޓަސްއަށް ކުޅެދިން 26 މެޗުން 25 ލަނޑު މިހާތަނަށް ރޮނާލްޑޯ ކާމިޔާބުކޮށްފައިވާއިރު، ވޭތުވެދިޔަ 60 އަހަރު ތެރޭ ސީރީއާގެ ސީޒަނެއްގައި 25 ލަނޑު ހަމަކުރި ޔުވެންޓަސްގެ ފުރަތަމަ ކުޅުންތެރިއަކަށްވެސް ރޮނާލްޑޯވަނީ ވެގެން ގޮސްފައެވެ.
25 - Cristiano Ronaldo is the first Juventus player to score 25+ goals in a single Serie A season since Omar Sívori in 1960/61 (25 goals). Golazzo. pic.twitter.com/JBeQSJZpfE
— OptaJoe (@OptaJoe) July 4, 2020
އަދި ޔުވެންޓަސްގެ ހަތަރުވަނަ ލަނޑަކީ ޓޮރީނޯގެ ޑިފެންޑަރު ކޮފީ ޖިޖީގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ރޭގެ މޮޅާއެކު ޔުވެންޓަސްވަނީ 7 ޕޮއިންޓްގެ ލީޑަކަށް ޖެހިލާފައެވެ. 30 މެޗުން ޔުވެންޓަސްއަށް 75 ޕޮއިންޓް ލިބިފައިވާއިރު، ލާޒިއޯ ދެވަނާގައި އޮތީ 30 މެޗުން 68 ޕޮއިންޓާއެކުގައެވެ.




3 Responses
ސީރިއާތޯ ލިޔެފަ އިނާ ބަލާބަލަ!
ޔުވެންޓަސް ނާޤާބިލީނު!؟ 25 ލަނޑުނުޖެހެނީ
ސީރިއާގެ ތާރީހުގައޭ؟؟ ސީރިއާގަތަ ރޮނާލްޑޯ ކުޅެނީ؟؟ ބަލަ އިޓަލީގެ ލީގަށް ކިޔަނީ ސީރިއާއެއް ނޫން ސެރީއާ (އިނގެރޭސިބަހުން ބުނާނަމަ އެ ބުނެވެނީ “ސީރީޒް އޭ” މިގޮތަށް) ސީރިއާއަކީ ޢަރަބި ޤައުމެއް. ލިއުން އެޑިޓްކޮށްލައްވާތި މިކޮމެންޓްޖަހައިދެންޏާ