އެލްއިކުއިޕް ގެ 10/10 ހޯދި ދިހަވަނަ ކުޅުންތެރިއަކަށް ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގެ ދެވަނަ ލެގުގައި 1-4 އިން ރެއަލްމެޑްރިޑް ބަލިކުރި މެޗުގައި މޮޅު ކުޅުމެއް ދެއްކި އަޔޭކްސް ޓީމުގެ ފޯވާޑް ޑުސަން ޓަޑިޗް ވެއްޖެއެވެ.
އެލްއިކުއިޕްއަކީ ފްރާންސްގެ މަޝްހޫރު ގައުމީ ނޫސް މަޖައްލާއެކެވެ. މުޅި މެޗުގައިވެސް މޮޅުކުޅުމެއް ދެއްކި ޓަޑިޗްއަކީ މިއަހަރުގެ ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހުމުގައި އެންމެ ގިނައިން ބައިވެރިވި ކުޅުންތެރިއާއެވެ. އެގޮތުން މިފަހަރުގެ މުބާރާތުގައި ޓަޑިޗް ހަ ލަނޑު ޖަހާދީފައިވާއިރު އިތުރު ތިން ލަނޑު ޖެހުމަށް އެހީތެރިވެދީފައިވެއެވެ.
ވޮއެޓްބޯލް ޕްރިމިއާގައިވާގޮތުން ވެރޯނިކާއާ ވާހަކަ ދައްކަމުން ޒިދާންއަކީ ވަރަށް ޚާއްސަ އަދި އަބަދުވެސް އެންމެ ކަމުދާ ކުޅުންތެރިޔާކަމަށާއި ޒިދާންގެ ވީޑިއޯތައް ފުދޭވަރަކަށް ބަލާކަމާއި އެރޭ ކުޅުނީ ދުނިޔޭގެ އެންމެ ވަރުގަދަ ކްލަބާ ދެކޮޅަށްކަމަށާއި އަދި މިކާމިޔާބީއަކީ ވަރަށް ޚާއްސަ ކާމިޔާބިއެއްކަމަށް ޓަޑިޗް ބުނެފައިވެއެވެ.
L’Equipe’s 10/10 top 10:
— Jonathan Johnson (@Jon_LeGossip) March 6, 2019
1 -- Franck Sauzee (1988)
2 -- Bruno Martini (1988)
3 -- Oleg Salenko (1994)
4 -- Lars Windfeld (1997)
5 -- Lionel Messi (2010)
6 -- Lionel Messi (2012)
7 -- Robert Lewandowski (2013)
8 -- Carlos Eduardo (2014)
9 -- Neymar (2018)
10 -- Dusan Tadic (2019)
މީގެ އިތުރުން ޓީމުގެ ސަޕޯޓަރުން، ކުޅުންތެރިން، ޓްރެއިނިންގ ސްޓާފުން، ޑައިރެކްޓަރުންނަށް ފަޚުރުވެރިވާކަމަށާއި މިނަތީޖާއާއެކު ވަރަށް ބައިވަރު މީހުން އުފާކޮށްދެވިއްޖަމަށް އުންމީދުކުރާކަމަށްވެސް ބުނެފައިވެއެވެ.




