ޗައިނާ ނެޝަނަލް އެކެޑަމީ އޮފް ގަވަރނަންސްއާއި ސީއެސްސީގެ ގުޅުމަށް 5 އަހަރު ފުރުން ފާހަގަކޮށްފި

ޗައިނާގެ ނެޝަނަލް އެކެޑަމީ އޮފް ގަވަރނަންސް އާއި ސިވިލް ސަރވިސް ކޮމިޝަނުގެ 5 އަހަރުގެ މުއްދަތުގެ ގުޅުން ފާހަގަކުރުމަށްޓަކައި ހާއްސަ ހަފްލާ އެއް ރޭ ބާއްވައިފިއެވެ.

ޤިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގައި ރޭ ބޭއްވުނު މި ހަފްލާ އަކީ ހަތަރު ދުވަހުގެ ރަސްމީ ޒިޔާރަތެއް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ޗައިނާގެ ނޭޝަނަލް އެކެޑަމީ އޮފް ގަވަރނަންސްގެ ވަފުދަށް މަރުހަބާ ކިއުމުގެ ގޮތުން ބޭއްވުނު ހަފްލާއެކެވެ. މި ހަފްލާގެ ޝަރަފުވެރި މެހެމާނަކީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސަލަންސީ މިސްޓަރ ޒަންގް ލިޒޯންގް އެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް ރޭގެ މި ހަފްލާގައި މަރުހަބާ ދެންނެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ސިވިލް ސަރވިސް އާއި ސީއެންއޭޖީ އާއި ދެމެދު 2015 ވަނަ އަހަރު ސޮއި ކުރެވުނު އެމްއޯޔޫ ގެ ދަށުން މިދިޔަ 5 އަހަރު ތެރޭގައި ރާއްޖެއާއި ޗައިނާގައި ކުރިއަށްގެންދެވުނު 11 ސެމިނަރ އަދި ވަރކްޝޮޕްތަކުގައި 922 ސިވިލް ސަރވަންޓުން ބައިވެރިވެވަޑައިގެންފައިވާކަން ވަނީ ފާހަގަ ކުރައްވާފައެވެ.

މި ހަފްލާގައި ވަނީ މިދިޔަ 5 އަހަރު ތެރޭގައި ޗައިނާގެ ޓްރެއިނިންގ ޕްރޮގްރާމުތަކުގައި ނަގާފައިވާ ފޮޓޯ މައުރަޒެއް ވެސް ކުރިއަށްގެންގޮސްފައެވެ. މީގެ އިތުރުން ދިވެހިރާއްޖެ އާއި ޗައިނާގެ ސަޤާފަތް ދައްކުވައިފޭ ތަފާތު އައިޓަމްތަކެއް ވެސް މި ހަފްލާގައި ވަނީ ކުރިއަށްގެންގޮސްފައެވެ.

4 ދުވަހަށް ރާއްޖެއަށް ޒިޔާރަތްކުރަމުންދާ ޗައިނާގެ މި ވަފުދު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ