އެހެން ޔޫޒާއިންނަށް ނުފެނި ތިމާގެ ޓްވީޓްތަކަށް އަންނަ ރިޕްލައިތައް ސިއްރުކުރެވޭނެ މުޅިން އާ ފީޗާއެއް ޓްވިޓާއިން މިވަނީ ތަޢާރަފުކޮށްފައެވެ.
މިއާ ފީޗާއެކު ޓްވީޓަށް އަންނަ ކޮމެންޓްތައް ޔޫޒާ ބޭނުންނަމަ އޮޓޮމެޓިކުން ސިއްރުކުރެވޭނެއެވެ.
މިއާ ފީޗާ ފުރަތަމަ ފާހަގަ ކުރެވުނީ ކޮމްޕިއުޓަރު އިންޖިނިއަރެއްކަމަށްވާ ޖޭން މަންޗުން ވޮން އަށެވެ. އަދި މިއާ އޮޕްޝަންގެ ސްކްރީންޝޮޓްތައް ޓްވިޓާގައި ޝެއާކޮށްފައިވެއެވެ.
މިއާ ފީޗާ ޓްވިޓާއިން ފާހަގަ ކުރެވުނު ޖޭން އަދި މެޓްއަށް ޝުކުރުއަދާކުރަމުން ޓްވިޓާގެ ގިނަ ޔޫޒާއިން އެމީހުންގެ ޓްވީޓްތައް ޕްރައިވެޓް ކުރަން ބޭނުންވާ ކަމަށާއި އެހެންވެ އެބާރުދީ ކޮންމެވެސް ވަރަކަށް ޓްވިޓާގެ ކޮންޓްރޯލް ޔޫޒާއިންގެ އަތްމަށްޗަށް ދޫކޮށްލަނީކަމަށް ޓްވިޓާގެ ސީނިއާ ޕްރޮޑަކްޓް މެނޭޖަރު ޔާސްމީން ހަޤް ޓްވީޓްކޮށްފައިވެއެވެ.
1/8 Thanks to Jane and @MattNavarra for starting the conversation about the this feature we are developing! We wanted to provide a little more context on it. https://t.co/Ws2rJfa8sl
— Michelle Yasmeen Haq (@thechelleshock) February 28, 2019
ޓްވިޓާގެ މިއާ ފީޗާ ރަސްމީކޮށް ކުރިއަށް މަސްތަކުގައި ޓެސްޓްކުރުމަށް ހަމަޖެހިފައިވާކަމަށް ޓްވިޓާއިން ބުނެއެވެ.