އެލްކްލެސިކޯ ކުޅެން ފަޞޭޙައީ ރެއަލްމެޑްރިޑް ދަނޑުގައި: މެސީ

ބާސެލޯނާގެ ކޭމްޕްނޯއަށް ވުރެ ރެއަލްމެޑްރިޑްގެ ސަންޓިއާގޯ ބާނަބެއު ސްޓޭޑިއަމްގައި އެލްކްލެސިކޯ މެޗުތައް ކުޅެން ފަޞޭޙަކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން މެސީ ބުނީ، ބާނަބެއު ސްޓޭޑިއަމްގައި ކުޅޭ މެޗުތައް މާ ބޮޑު ހުޅުވިފައި ކުޅެން ފަޞޭޙަކަމަށެވެ.

މެސީ އިތުރަށް ބުނީ، ކޮންމެ ޓީމެއްވެސް އަމިއްލަ ދަނޑުގައި ކުޅޭއިރު، އެޓޭކަށް ބޮޑަށް ވިސްނާނެކަމަށާއި އެހެންކަމުން ރެއަލްމެޑްރިޑް ދަނޑުގައި ކުޅޭއިރު، ލިބޭ ފުރުޞަތުތައް މާގިނަކަމަށެވެ. އަދި ރަށުން ބޭރުގައި ކުޅޭ މެޗުތަކުގައި ކޮންމެ ޓީމެއްވެސް ޑިފެންސިވްކޮށް ކުޅެން ވިސްނާއިރު، އަބަދުވެސް ބަލާނީ ކައުންޓަރ އެޓޭކުން ފައިދާނަގަންކަމަށްވެސް މެސީ ބުންޏެވެ.

"ބާނަބެއުއާ ޚިލާފަށް ކޭމްޕްނޯގައި ކުޅޭ މެޗުތަކުގައި ރެއަލްމެޑްރިޑްގެ ފަހަތް އޮންނާނީ ބަންދުވެފައި، އެތެރެއަށް ވަންނަން ވަރަށް އުނދަގޫވާނެ." މެސީ ބުންޏެވެ.

މިސީޒަންގެ ފުރަތަމަ އެލްކްލެސިކޯ މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ބާސެލޯނާގެ ކޭމްޕްނޯގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފަށާނީ މިރޭ 12:00 ގައެވެ.

ދެޓީމުވެސް ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާއިރު، މިރޭގެ މެޗުން މޮޅުވާ ޓީމަކަށް ޕޮއިންޓްގެ ފަރަގާއެކު ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިހާރު ބާސެލޯނާ ތާވަލްގެ އެއްވަނާގައި އޮތީ ފައިދާ ދެގޯލްގެ ތަފާތުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ