ރ. މަޑުއްވަރި

ސިފައިންނާއި ފުލުހުން ގުޅިގެން ހިންގާ ޚާއްޞަ އޮޕަރޭޝަނެއްގައި މަޑުއްވަރީ ބައެއް ގެތައް ބަލާ ފާސްކުރަނީ

ދިވެހި ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއްގައި ރ. މަޑުއްވަރީ ބައެއް ގެތައް ބަލާ ފާސްކުރަން ފަށައިފިއެވެ.

މަޑުއްވަރީގައި ފުލުހުންގެ ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށްދާކަން ފުލުހުން ވަނީ މީޑިއާއަށް ކަށަވަރު ކޮށްދެއްވާފައެވެ.

"2019 ޑިސެމްބަރު 18 ވަނަ ދުވަހު ފުލުހުން ހިނގާ ޚާއްޞަ އޮޕަރޭޝަނެއްގައި ރ. މަޑުއްވަރީގެ ބައެއް ގެތައް ބަލާ ފާސްކުރަމުން ދަނީ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މަޑުއްވަރީގައި ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަނަކީ ދިވެހި ފުލުހުންނާއި، ސިފައިން ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

މި އޮޕަރޭޝަނާ ގުޅޭ އިތުރު މަޢުލޫމާތު ފުލުހުން ހާމަކުރައްވާފައި ނުވާއިރު، ފުލުހުން ވިދާޅުވީ، ފުލުހުންގެ ނޫސް ބަޔާނެއްގައި އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށެވެ.

މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލު ރަސްމީ އިދާރާތަކުން ހާމަކޮށްފައި ނުވި ނަމަވެސް، ބައެއް ފަރާތްތަކުން ބުނަމުންދަނީ މި އޮޕަރޭޝަނަކީ ހައްދުފަހަނައެޅި ފިކުރުގެ މީހުން އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ