ޖިއޯވޭވްގެ ވާދޫ ޕެޓްރޯލް ޝެޑް

ޖީއޯވޭވް އިން ހުވަދު އަތޮޅުގައި ހެޔޮ އަގުގައި ޑީސަލް ވިއްކަނީ

ހުވަދު އަތޮޅު މަސްވެރިންނާއި ދަތުރުވެރިންނަށް ބޭނުންވާ ޑީސަލް, އަތްފޯރާފަށަށް ޖީއޯވޭވް ޕްރައިވެޓް ލިމިޓެޑުން ގެނެސްދީފިއެވެ.

ޖީއޯވޭވް ޕްރައިވެޓް ލިމިޓެޑުން ވިދާޅުވީ، ވާދޫގައި ހުންނަ އެކުންފުނީގެ ފިއުލް ޝެޑުން މިއަދުން ފެށިގެން ވަރަށް ހެޔޮ އަގުގައި ޑީސަލް ލިބެން ހުންނެ ކަމަށެވެ. އެގޮތުން ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ވިއްކުމަށް ހަމަޖެހިފައިވަނީ 11:55ރ އަށް ކަމަށް އެފަރާތުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖިއޯވޭވްއިން ވާދޫއިން ތެޔޮ ވިއްކަން ނިންމާފައިވާ އަގަކީ، ސަރުކާރުން މަސްވެރިންނަށް ދެއްވާ ސަބްސިޑީގައި ތެޔޮ ގަންނަން ލިބޭ އަގަށް ވުރެ ހެޔޮ އަގެކެވެ.

ޖިއޯވޭވްގެ ވާދޫ ޕެޓްރޯލް ޝެޑް

މިހާ ހެޔޮއަގެއްގައި އެކުންފުނިން މަސްވެރިނަށާއި އާންމު ދަތުރުވެރިންނަށް ޑީސަލް ވިއްކަން ނިންމީ އެ އަތޮޅުގެ މަސްވެރިން، ޚާއްސަކޮށް ޒުވާން މަސްވެރިންނަށް ލިބޭ އާމްދަނީ މިހާރަށްވުރެ ބޮޑުތަނުން އިތުރު ކޮށްދިނުމުގެ މަޤްޞަދުގައި ކަމަށް ޖީއޯވޭވް އިން ވިދާޅުވިއެވެ.

ޖިއޯވޭވް އިން ގދ. ވާދޫގައި ހެޔޮ އަގުގައި ޑީސަލް ވިއްކަން ފެށުމަކީ އެއަތޮޅުގެ މަސްވެރިންނާއި، ދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުއި ފަސޭހައަކަށްވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ