ކޮވިޑް-19 އާ ގުޅިގެން މަސްވެރިން ތަހައްމަލު ކުރަމުންދާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ގދ.ވާދޫ ގައި ހުންނަ މިކުންފުނީގެ ޝެޑުން ހުވަދޫ މަސްވެރިންނަށް 8.00ރ އަށް ޑީސަލް ލިޓަރެއް ލިބޭނެ ވާހަކަ ދަންނަވަމެވެ. pic.twitter.com/7nI6H39Gq4
— Geo Wave Pvt Ltd (@geo_wave) June 6, 2020
ކޮވިޑް-19 އާއި އެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރު ކަމެއް އައިސްފައިވާ ދަނޑިވަޅެއްގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިތިމަތިވާ ލޮޅުންތައް ކުޑަކޮށް، މި ދާއިރާ ހުއްޓުމަކަށް އަޔަނުދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތައް އެހީތެރިވުމުގެ ގޮތުން، ޑީސަލް އަދި ޕެޓްރޯލްގެ ވިޔަފާރީގެ އިތުރުން ހެވީ މެޝިނަރީޒް ކުއްޔަށް ދިނުމުގެ ވިޔަފާރީގައި ކުރިއަރަމުން އަންނަ ޖިއޯވޭވް ޕްރައިވެޓް ލިމިޓެޑުން މިވަނީ ނަމޫނާ ދައްކައި ހުވަދޫގެ މަސްވެރިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީފައެވެ.




