ޖިއޯ ވޭވް ފޫސްބޯލް ޓާނަމެންޓް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނ ‘ޖިއޯ ވޭވް އައްޑޫ ސިޓީ ފޫސްބޯލް ޓާނަމެންޓް 2020’ ގެ ނަމުގަ އެވެ.
ހިތަދޫ ޢިޖުތިމާޢީ މަރުކަޒުގައި ކުރިއަށްދިޔަ ފޯރިގަދަ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޓީމް 99 (އަބީރް، ހާތިމް) އެވެ. އަދި މުބާރާތުގެ ރަނަރސްއަޕްއަކަށް ޕީކީ ބްލައިންޑާރސް (ނާފިއު، ނައްވަފް) ހޮވިފައިވާއިރު މުބާރާތުގެ ތިންވަނަ ހޯދީ ރޯޔަލް އެކްޒައިޓާސް (ޢަލީ ޖަލީލް ސަރުވާން) އެވެ.

މިމުބާޜާތުގައި ޖުމްލަ 16 ޓީމަކުން ބައިވެރިވެފައިވާއިރު، 32 ކުޅުންތެރިންގެ މޮޅު އެތަށް ހުނަރެއް މުބާރާތުގައިވަނީ ފެނިގެން ގޮސްފައެވެ. މިމަހުގެ 12 އިން 15 އަށް ކުރިއަށްދިޔަ މިމުބާރާތުގެ ގްރޫޕް ސްޓޭޖުތައް މެޗުތައް ކުރިއަށްގޮސްފައިވަނީ 12 ން 14 އަށެވެ. 14 ވަނަ ދުވަހު ކުއާޓާރ ފައިނަލްގެ މެޗުތައް ކުޅެފައިވާއިރު ސެމީގެ މެޗުތައް ކުޅެފައިވަނީ 15 ދުވަހުއެވެ. މުބާރާތުގެ ފައިނަލްވެސް ކުޅެފައިވަނީ 15 ވަނަ ދުވަހުގެ ރެއެވެ.

ޒުވާނުންގެ މެދުގައި ބޭއްވުނު ފޯރިގަދަ މިމުބާރާތް ނިންމާލުމަށްފަހު ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ދިނުމަށާއި މުބާރާތުގައި އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކުލަގަދަ ކްލޯސިން ސެރެމަނީއެއްވެސް ފައިނަލްމެޗަށްފަހު ވަނީ ކުރިއަށް ގެންދެވިއެވެ.

މުބާރާތް އިންތިޒާމުކުރާ ފަރާތުން ބުނީ، މިފަދަ މުބާރާތްތައް ކުރިއަށް ގެންދިއުމުގެ މަޤުޞަދަކީ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ޒުވާނުންގެ ހުނަރުތައް ކުރިއެރުވުމަށް ފުރުޞަތުތައް ހުޅުވާލަދިނުންކަމަށެވެ. އަދި އަންނަ އަހަރުވެސް މިމުބާރާތް ބޭއްވޭނެކަމަށާއި، މިއަދުން ފެށިގެންވެސް މިމުބާރާތަށް ތައްޔާރުވަމުން ގެންދިއުމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން އެދިފައިވެއެވެ.
• Congratulations Team 99 (Abeer & Hathim)
Champions team of @geo_wave Addu City Foosball Tournament 2020• Congratulations Runners up Team Peaky Blinders (Nafiu & Nawwaf)
• Congratulations 3rd Place team Royal Exciters (Ali Jaleel & Sarwaan)
⚽️? #GeoWaveSocial pic.twitter.com/rzHs4oIVre— Geo Wave Pvt Ltd (@geo_wave) July 16, 2020
އަދި މިފަދަ ކާމިޔާބު ފޯރިގަދަ މުބާރާތެއް ބޭއްވުމުގައި އެކި ގޮތްގޮތުން އެހީތެރިވި ހުރިހާ ފަރާތްތަކަށްވެސް މުބާރާތް އިންތިޒާމުކުރި ފަރާތުންވަނީ ޝުކުރުއަދާކޮށްފައެވެ. އޭގެތެރޭގައި މުބާރާތުގެ މެއިން ސްޕޮންސަރ ޖިއޯ ވޭވް، މޭޖަރ ސްޕޮންސަރ އައިސީއެމް، ކޯ ސްޕޮންސަރ އިކުއޭޓަރ ކުޒީން އަދި އެންވީވޯ ޕްލަސްގެ އިތުރުން ސްޕޮންސަރުންގެ ތެރޭގައި ހިމެނޭ މިލާނޯ ފުޑް ކޯޓާއި، އާންމު ފަރާތެއް ކަމަށްވާ އަމިން މުހައްމަދު ހިމެނެއެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ފޫސްބޯލް ޓާނަމެންޓެވެ.




