ފްރާންސްގެ ޤަދީމީ ގަނޑުވަރެއްގެ ބައެއް ވިއްކަނީ، އަގަކީ 850 ރުފިޔާ

މާލެއިން އެއް ކޮޓަރީގެ އެޕާޓްމަންޓެއް ހޯދަން އުޅުމަކީވެސް ކުރާވަރު ކަމެއް ނޫނެވެ. ސަބަބަކީ އަގު ބޮޑުކަމުންނެވެ. ރަނާއި ޖަވާހިރަށްވުރެވެސް، ބައެއް ފަހަރު މާލޭގެ އެޕާޓްމަންޓްތަކުގެ އަގުބޮޑުކަމަށް ހީވާތީއެވެ.

ފަރަންސޭސިވިލާތުގެ ޖަންގައްޔެއްގެ ތެރޭގައި އޮތް ޤަދީމީ ގަނޑުވަރެއް ނުވަތަ ބޮޑު ކޭސަލް އެއްގެ ބޮޑު ބައެއް ވިއްކަން މިއުޅެނީ އެންމެ 55 އެމެރިކާ ޑޮލަރަށެވެ. ދިވެހި ރުފިޔާ އިން ބަލާކަމުގައިވާނަމަ އެއީ ދާދި ގާތްގަނޑަކަށް 850 ރުފިޔާ އެވެ.

އެޤައުމުގެ ހުޅަނގުގެ ގްރޭންޑް ކޮގްނަކް ސަރަޙައްދުގައި އޮންނަ ޝެޓޯ ޑި ވައިބްރެކް ނަމަކަށް ކިޔާ މި ކޭސަލް ވިއްކަނީ އެތަން ބަލަހައްޓާ، އަދި ތާރީޚީ، ޤަދީމީ ތަންތަން ރައްކާތެރި ކުރުމުގެ މަސައްކަތް ކުރާ ޖަމިއްޔާއަކުންނެވެ. ގަނޑުވަރުގެ އެކި ބައިތައް ވަކި ވަކިން ވިއްކާ، އެތަން މަރާމާތުކޮށް، މި ޖަމިއްޔާ އިން ބޭނުން ވަނީ އެއީ ވަރަށް ރީތިކޮށް އޮންނަ ތަނެއްގެ ގޮތުގައި ބާއްވާށެވެ.

މި ޖަމިއްޔާ އިން ބުނާގޮތުގައި މި ތަނުން ބައެއް ގަންނަ ކޮންމެ މީހަކަށްވެސް، އުމުރު ދުވަހަށް އެތަނަށް ވަނުމުގެ ހުއްދަ އޮންނާނެއެވެ.

ތާރީޚީ މަސައްކަތް ކުރާ ޖަމިއްޔާ އިން އިތުރަށް ބުނާގޮތުގައި މި ތަނުގައި އެހެން މަސައްކަތްތައް ކުރުމަށްވެސް އެފަރާތުން ބޭނުންވެއެވެ. އެގޮތުން، އެތަނުގައި މުޖުތަމަޢަށް ފައިދާހުރި އެކި މަސައްކަތްތައް ކުރުމަށާއި، އެކި އިވެންޓްތައް ބޭއްވުމަށް އަދި އޯގަނިކް ކޮށް ދަނޑުވެރިކަން ކުރުމަށްވެސް ބޭނުންވެއެވެ.

ތާރީޚީ ލިޔުންތައް ބުނާގޮތުން މިތަން ފަޅަށް ދޫކޮށްލިތާ މިހާރު ގަރުނެއް ވެދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ