ދިވެހި ފިލްމް އިންޑަސްޓްރީގެ މަސައްކަތްތަށް ގެނެސްދިނުމުގައި އެންމެ ކުރީގައި އުޅޭ އޮންލައިން ސްޓްރީމިން ޕްލެޓްފޯމް ބައިސްކޯފުން، މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރ ޔޫސުފް ޝަފީޢު މިއަރު ގެނެސްދިން ކާމިޔާބު ފިލްމް "40 ޕްލަސް" ވެސް ބައިސްކޯފުން އޮންލައިން ސްޓްރީމްކޮށް ގެނެސްދޭން ނިއްމައިފިއެވެ.
"40 ޕްލަސް" ބައިސްކޯފަށް ވަރަށް އަވަހަށް އަންނަން އުޅޭކަމުގެ ހަބަރު އިއްޔެ އިއުލާންކޮށްފައިވާއިއިރު، ފިލްމް އަނެއްކާވެސް ބަލައިލުމުގެ ފުރުސަތު ބެލުންތެރިންނަށް މިވަނީ ލިބިފައެވެ. އެހެންނަމަވެސް ފިލްމް ބައިސްކޯފުން ބަލާލެވޭނެ ވަކި ތާރީޙެއް އަދި އިއުލާންކޮށްފައެއް ނުވެއެވެ.
މަޝްހޫރި ދިވެހި ފިލްމީ ތަރި އަދި ޑައިރެކްޓަރ ޔޫސުފް ޝަފީޢު 2017 ވަނަ އަހަރު އެންމެ ބޮޑު ފިލްމްކަމުގައި ލޭބަލް ކޮށްގެން "ނޯޓީ ފޯޓީ" ގެ ނަމުގައި ގެނެސްދިން ފިލްމްގެ ކާމިޔާބީއަށްފަހު މިއަރު އެ ފްރެންޗައިސްގެ ދެވަނަ ފިލްމް "40 ޕްލަސް" ގެނެސްދިންއިރު ފިލްމަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.
މި ފިލްމުގެ ތަރިން ގެ ގޮތުގައި ފެނިގެން ދިޔައީ ސީޒަން، މުހައްމަދު މަނިކު، ޔޫއްޕެ، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު އީސާ، މައިޝާ އަހްމަދު ސައީދު، ޝީލާ ނަޖީބު، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ. މީގެ އިތުރުން ދެވަންސޫރައިން ފިލްމީ ދާއިރާއަށް ތައާރަފުވި، ޝިފާ، އާނަންދު އަދި މަރިޔަމް ޝަކީލާ އާއި މުޅިން އަލަށް ތައާރަފުވާ ބަތަލާ އިރްފާނާ އިބްރާހީމް އެވެ.
ކުރިން އަދި ފަހުން ރިލީޒްވާ ދިވެހި ގިނަ ބޮޑެތި ފިލްމްތަކެއް މިހާރުވެސް ބައިސްކޯފުން އޮންލައިން ސްޓްރީމްކޮށް ބަލާލެވެން އެބަހުއްޓެވެ. އެގޮތުން، ވަކިން ލޯބިން، ލީނާ، އަދި ނިވައިރޯޅި ފަދަ ފިލްމްތަކަކީ ފާހަގަކޮށްލެވޭ ފިލްމްތަކެކެވެ.




