މަޖިލީހުގެ ޖަލްސާއެއްގައި ރީކޯ މޫސަ ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: މަޖިލިސް

ޗުއްޓީ ނިންމާފަ ޓޫރިސްޓުން ފުރާތޯ ބެލުން މުހިންމު - ރީކޯ މޫސަ

މި ދުވަސްވަރު ގިނަ އަދަދަކަށް ޓުވަރިސްޓުން ރާއްޖެ އަންނަ ކަމަށާއި، އެ އަންނަ ޓުވަރިސްޓުން ޗުއްޓީ ނިންމައިގެން ފުރާތޯ ބެލުން މުޙިންމުކަމުގައި މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަގެ މި ވާހަކަ އަމާޒު ކޮށްފައިވަނީ ބަނގްލަދޭޝް މީހުންނަށެވެ. ރީކޯ މޫސަ މީގެ ކުރިންވެސް ވަނީ ރާއްޖޭގައި އެކިއެކި ކަންކަމުގައި އުޅޭ ބިދޭސީން އިތުރު ވެފައިވާތީ އެކަމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެގޮތުން ރާއްޖޭގައި އެންމެ ގިނައިން ބިދޭސީންގެ ގޮތުގައި އުޅެމުންދަނީ ބަނގްލަދޭޝް މީހުންނެވެ. އަދި މީގެ ތެރޭގައި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ރީކޯ މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ބަނގްލަދޭޝް ޓްވަރިސްޓުން ގިނަ އަދަދަކަށް މި ދުވަސްކޮޅު ރާއްޖެ އެތެރެވާކަމަށާއި، ގެސްޓް ހައުސްތަކާއި ރިސޯޓްތައް އިތުރުވާއިރު ފަނތުރުވެރިން އަންނަ އާ މަންޒިލްތައް އިތުރުވުން މުހިންމު ކަމަށެވެ. އަދި ޗުއްޓީ ނިމެގެން އެ ފަރާތްތައް ފުރާތޯ ބެލުން މުޙިންމުކަމަށާއި ޓެކްސްތައް ދައްކާތޯވެސް ބަލަން ޖެހޭކަމަށެވެ.

ރީކޯ މޫސަގެ މި ވާހަކަތައް ނިންމާލަމުން ބުނެފައިވަނީ މި ވާޙަކަ ދަންނަވާލީ މާޒީއެއް އޮތީމަކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ