ޙަންގޭރިއަން އާއިލާ ޕޮޓޯ: ޕޮލިސް މީޑިޔާ

ހަންގޭރިއަން އާއިލާއެއްގެ ހޮޓެލް ބުކިންގެ މައްސަލައެއް ޓުއަރިސްޓް ފޮލިހަށް ހުށަހަޅައިފި

ހަންގޭރިއަން އާއިލާއެއްގެ ހޮޓެލް ބުކިންގެ މައްސަލައެއް ޓުވަރިސްޓް ފޮލިހަށް ހުށަހަޅައިފިއެވެ.

މިއަދު ޗުއްޓީއަށް ރާއްޖެއައި ހަންގޭރިއަން އާއިލާއެއްގެ ހޮޓެލް ބުކިން، ޕޭމެންޓްގެ މައްސަލައަކާ ގުޅިގެންވަނީ ކެންސަލްކުރެވިފައިވާކަމަށް ޓުއަރިސްޓް ފޮލިސްވަނީ ވިދާޅުވެފައެވެ.

މިއާއިލާއިން ހޮޓެލް ބުކިންއަށް އެޖެންޓުއަށް ރުފިޔާ ދައްކާފައިވަނީ މިއަހަރުގެ ޖެނުއަރީމަހު ފުރަތަމަކޮޅެވެ. އަދި އެޖެންޓްުގެ ފަރާތުން ކޮންފަމޭޝަން މެއިލްވެސް ޖެނުއަރީމަހު ވަނީ ލިބިފައެވެ. ނަމަވެސް އެޖެޓުން ރުފިޔާ ނުދައްކާތީ ހޮޓެލް ބުކިން ކެންސަލްވެފާވާކަން އެއާއިލާއަށް އިނގިފައިވާނީ މިއަދުއެވެ.

މިމައްސަލައާ ގުޅިގެން ކަމާގުޅޭ އިދާރަތަކަށް ގުޅާފައިވާނޭކަމަށް ޕޮލިހުންވަނީ ވިދާޅުވެފައެވެ. އަދި ޕޮލިހުންވަނީ، އެމްއެމްޕީއާރުސީއާއި ޓުއަރިސްޓް މިނިސްޓްރީގެ އެހީތެރިކަމާއެކު މިއާއިލާއަށްވަނީ މާލެ އަތޮޅު ރެސޯޓަކުން އެކޮމަޑޭޝަން ހަމަޖައްސާދީފައެވެ.

ރާއްޖައަށް ހުތުރުނަން ލިބޭފަދަ މިކަހަލަ އަމަލުތަށް ނުކުރެއްވުމަށްއެދި ލޯކަލް އެޖެންސީތަކަށް ފޮލިހުންވަނީ އިލްމާސްކޮއްފައެވެ.

މިމައްސަލަދަނީ އިތުރަށް ތަހްގީގު ކުރެވެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ