ޖުލައިން ފެށިގެން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ގެސްޓްހައުސްތައް ޓްރާންސިޓް ހޮޓަލުގެ ގޮތުގައި ބޭނުންކުރުމަށް ހުއްދަދެވޭނޭކަމަށް ޓުއަރިޒަމް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.
މިއަދު ނެރުނު ބަޔާނެއްގައި ޓުއަރިޒަމް މިނިސްޓްރީއިން ވިދާޅުވީ، 15 ޖުލައި 2020 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލުމާގުޅޭ މަސައްކަތްތަކުގެ ތެރެއިން މިހާރު ޝާޢިއުކުރެވިފައިވާ 'ގައިޑްލައިން ފޮރ ރީސްޓާރޓިން ޓޫރިޒަމް އިން މޯލްޑިވްސް' ގެ ސެކްޝަން ޑީ2 ގައި ބަޔާންކޮށްފައިވާ ފަދައިން މީހުންދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކާއި ހޮޓާތައް 15 ޖުލައި 2020 ގައި ޓްރާންސިޓް މޫވްމަންޓްތަކަށް ބޭނުންކުރުމަށް މިމިނިސްޓްރީގެ ހުއްދައާއެކު ހުޅުވޭނޭގޮތަށް ހަމަޖެހިފައިވާތީ، މި ގައިޑްލައިންއާއި އެޗް.ޕީ.އޭ. ގެ މިންގަޑުތަކުގެ ތެރެއިން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ގެސްޓްހައުސްތައް ޓްރާންސިޓް ހޮޓަލުގެ ގޮތުގައި ބޭނުންކުރުމަށް ހުއްދަދެވޭނެކަމަށެވެ.
އަދި އެ މިނިސްޓްރީން ހުއްދަ ދޫކުރެވޭ ފަރާތްތަކުން، ގެސްޓް ހައުސްތައް ހުޅުވުމުގެ ކުރިންނާއި ހުޅުވުމަށްފަހު އޮޕަރޭޝަންގައި ކުރުމަށް، 'ގައިޑްލައިން ފޮރ ރީސްޓާރޓިން ޓޫރިޒަމް އިން މޯލްޑިވްސް' ގެ ސެކްޝަން ޑީ2 ގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށްވެސް ޓުއަރިޒަމް މިނިސްޓްރީއިން ވިދާޅުވިއެވެ.
Guideline for Restarting Tourism in Maldives#VisitMaldives #SunnySideofLife
?: https://t.co/TFwlF7gCXq pic.twitter.com/Y0XsWWBpRp— Ministry of Tourism (@MoTmv) June 23, 2020
ކޮވިޑް-19 އަށްފަހު ރާއްޖެއިން ލުއިތަކެއް ދީފައިވީނަމަވެސް، އެޗްޕީއޭއިންނާއި ކަމާއިބެހޭ އިދާރާތަކުން ގިނަ ކަންތައްތަކަށް ސަމާލުވެ، ކަންކަމުގެ ޢަމަލުކުރާނެ ގިނަ ޢުޞޫލްތަކެއްވަނީ ކަނޑައަޅާފައެވެ.




