މިއަދު އައިޖީއެމް ހޮސްޕިޓަލުން ދޫކޮށްލުމުން ޖަލަށް ބަދަލުކުރި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަނެއްކާވެސް އައިޖީއެމް ހޮސްޕިޓަލަށް ގެނެސްފިއެވެ.
ޔާމީން އައިޖީއެމް ހޮސްޕިޓަލުގައި މިރޭ އެޑްމިޓް ކުރެއްވިއިރު، އެމަނިކުފާނު މިރޭ ހޮސްޕިޓަލަށް ގެނައީ ކީތްވެގެންކަން އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
މިރޭ ޔާމީން އައިޖީއެމް ހޮސްޕިޓަލަށް ގެނައިއިރު، މިދިޔަ ހޯމަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓް ކުރިގޮތަށް ހޮސްޕިޓަލުން ދޫކޮށްލީ މިއަދުއެވެ. މިއަދު ހޮސްޕިޓަލުން ދޫކޮށްލުމުން ރައީސް ޔާމީން ގެންދެވީ މާފުށީ ޖަލަށެވެ.
ޔާމީން މިރޭ ހޮސްޕިޓަލަށް ގެންނެވިއިރު، މިވަގުތު ފުލުހުންގެ ބަންދުގައި ހުންނެވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޞިއްޙީ ހާލުކޮޅު ރަނގަޅު ނޫންކަމަށް މިއަދު ހަވީރު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ވިދާޅުވެފައެވެ.
ހެއްކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުގައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ރައީސް ޔާމީން ހައްޔަރުކުރިތާ މިއަދަށް 18 ދުވަސް ހަމަވާއިރު، ޝަރީއަތް ކުރިއަކަށް ނުދެއެވެ.




