Afghanistan's President Ashraf Ghani speaks with British Prime Minister Theresa May at the start of their meeting inside 10 Downing Street in London, Monday, June 17, 2019. (AP Photo/Matt Dunham, Pool)

އަފްގާނިސްތާނުގެ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާއިން ރައީސް ގާނީ ކުރި ހޯއްދަވައިފި

އަފްގާނިސްތާނުގައި ސެޕްޓެމްބަރ މަހުގެ 28 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް އަޝްރަފް ގާނީ ކުރިހޯއްދަވައިފިއެވެ.

ދެވަނަ ދައުރަކަށް ގާނީ އިންތިހާބުވެވަޑައިގެންނެވި ކަމަށް ވަގުތީ ނަތީޖާއިން ދައްކަނީ ހަނި އިންސައްތައަކުންނެވެ. މިގޮތުން ގާނީ އަށް ލިބިވަޑައިގެންފައިވަނީ 50.64 އިންސައްތައެވެ.

ގާނީ އާއި އެންމެ ގާތުން ވާދަކުރެއްވި ކެންޑިޑޭޓް ޑރ. އަބްދުﷲ އަބްދުﷲ އަށް ލިބިވަޑައިގެންފައިވަނީ 39.52 އިންސައްތައިގެ ވޯޓެވެ. ޑރ. އަބްދުﷲ އަބްދުﷲ ވަނީ މިނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވެ ރަސްމީ ނަތީޖާ އިއުލާން ކުރެއްވުމުގެ ކުރިން އިންތިހާބުގެ ތެރޭގައި ފާހަގަ ކުރެވުނު މައްސަލަތައް ހުށަހެޅުއްވުމަށް ނިންމަވައިފައެވެ.

ޑރ. އަބްދުﷲ އަބްދުﷲ ގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބުވަނީ އޮޅުވާލައިފައި ކަމަށާއި އެބޭފުޅުންގެ ފަރާތުން ހުށަހެޅި ކަންކަން ނުބަލަނީސް އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށެވެ.

އިންތިހާބުގެ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދިން އ.ދ އިންވަނީ އިއުލާންކުރި ވަގުތީ ނަތީޖާ އަށް މަރުހަބާ ދަންނަވައިފައެވެ. އަދި މި ނަތީޖާއާއި ގުޅިގެން ހުށަހެޅޭ ޝަކުވާތައް ދެފުށް ފެންނަ އުސޫލަކުން ބަލެމަށް އިލެކްޝަން ކޮމިޝަނަށް ގޮވާލައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ