ޔާމީނާއި ޤާސިމް ގުޅިގެން 66 ދާއިރާއަށް ވާދަކުރަނީ

ޕްރޮގްރެސިވް ކޯލިޝަނާއި، ޖުމްހޫރީ ޕާޓީ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 66 ދާއިރާއަށް ވާދަކުރާނެކަން، ޕްރޮގްރެސިވް ކޯލިޝަނުން އިއުލާން ކޮށްފިއެވެ.

މިކަން ޢިއުލާން ކޮށްފައިވަނީ ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ފުޅާ ކޯލިޝަނުން ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައްވެސް ވަނީ އިއުލާން ކޮށްފައެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރާ 32 ދާއިރާއަކަށް ޖޭޕީން ކެންޑިޑޭޓުން ނުނެރެއެވެ. ޖޭޕީން ވާދަކުރާ 34 ދާއިރާއެއްގެ ކެންޑިޑޭޓުންނަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ތާއިދު ކުރާކަށް އިއުލާން ކޮށްފައެވެ. އޭގެ އިތުރުން ކޮންމެ ޕާޓީ އަކުން ވެސް 13 ދާއިރާއަކަށް ވާދަކުރެއެވެ.

ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަނެއްގެ ތެރެއިން މަޖިލީހަށް ވާދަކުރާކަން ޕްރޮގްރެސިވް ކޯލިޝަނުން ހާމަކުރެއްވި ނަމަވެސް ޖުމްހޫރީ ޕާޓީ އަދި ޤާސިމް އިބްރާހީމްވެސް އަދި މިކަމާ ގުޅިގެން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

މިފަދަ ކޯލިޝަނެއް އޮތްކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާން ކޮށްފައި މިވަނީ ރާއްޖޭން ބޭރުގައި ޖުމްހޫރީ ޕާޓީއާއި، ޕްރޮގްރެސިވް ކޯލިޝަނުން މަޝަވަރާ ކުރަމުންދާކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ