މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ.ދަރަވަންދޫ ޕޮލިސް ޑެސްކާއި އޭދަފުށީ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދަރަވަންދޫ އިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
Dharavandhoo gai hingi oprationehgai masthuvaa thakechaaeku meehaku hayyaru koffi
— Maldives Police (@PoliceMv) December 23, 2019
Mi massala aagulhigen hayyaru koffaivanee 25 aharuge anheneh.#PoliceIntel #EydhafushiPolice #DharavandhooPolicehttps://t.co/yp19UwC38T pic.twitter.com/AVetKoa2cc
ފުލުހުން ވިދާޅުވިީ އެއަންހެންމީހާ ހައްޔަރުކޮށްފައިވަނީ ދަރަވަންދޫގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެ 23:40 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށެވެ.
"މި އޮޕަރޭޝަނުގައި އަންހެންމީހާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ކޮތަޅެއް ފެނިފައިވޭ" ފުލުހުން ވިދާޅުވިއެވެ.
މިހާރު މި މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.




