މާލޭގައި ވައްކަމުގެ މައްސަލަތައް ގިނަވުމުގެ ސަބަބުން، ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ވޭތުވެދިޔަ ދެ ހަފްތާތެރޭގައި މާލެ ސިޓީގައި ވަރަށް ގިނައިން ވައްކަމުގެ މައްސަލަތައް ހުށަހެޅިފައިވާކަމަށެވެ. އަދި މި އޮޕަރޭޝަން ފެށީ އެކަމުގެ ސަބަބުންނާއި، ކުރިއަށް އޮތް އަހަރަށް ކުށް މަދު ކުރުމުގެ ގޮތުންކަމުގައެވެ.
މީގެއިތުރުންވެސް ފުލުހުން ބުނެފައިވަނީ މި އޮޕަރޭޝަންގެ ތެރެއިން މީހުން ހުއްޓުވައި ސުވާލު ކުރަމުންދާނެކަމަށާއި އަދި އުޅަނދުފަހަރު ހުއްޓުވައި ބަލައިފާސްކުރަމުންދާނެކަމަށެވެ.
މިއަދުވެސް، ފުލުހުން ވަނީ ވަގަށް ނަގާފައިވާ ސައިކަލެއް ހޯދާފައެވެ.



