ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ހދ. ނޮޅިވަރަންފަރު، ރޭވަ، އުމުރުން 30 އަހަރުގެ އަޙްމަދު ޢަބްދުއްލަޠީފް ކަމަށެވެ.
އަޙްމަދު ޢަބްދުއްލަޠީފް އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.



