ތ.ތިމަރަފުށީ ގެއަކުން ފައިސާތަކަކާއި، ސްމާޓް ފޯނެއް ވަގަށް ނެގި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، 2019 ޑިސެމްބަރު 23 ވަނަ ދުވަހުގެ ރޭ 19:40 ހާއިރު ތިމަރަފުށީ ގެއަކުން ވައްކަން ކޮށްގެން ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
މި މައްސަލައިގައި 2900ރ އާއި އެކި ޤައުމުތަކުގެ ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ސްމާޓް ފޯނެއް ވަގަށް ނަގާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

"މި މައްސަލަ ހުށަހެޅުނުތާ ގަޑިއެއްގެ އިރުގެ ތެރޭގައި ފުލުހުން ވަނީ 24 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ފައިސާތައް ހޯދާފައި." ފުލުހުން ވިދާޅުވިއެވެ،
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.



