ފުލުހުންގެ މައި އިދާރާ - ފެށުން ފޮޓޯ: ވިސާމް

ތިއުޅެނީ ރަން ކެވެލިކޮޅެއް ގެއްލިގެންތަ؟

ހޮވައިގެން ގެނެސްފައިވާ ރަން ކެވެލިކޮޅެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މި ރަން ކެވެލިކޮޅަކީ 2019 ޑިސެމްބަރު 15 ވަނަ ދުވަހުގެ ވަގުތެއްގައި އެއް ނަންބަރު ފާލަން ކައިރިން ހޮވައިގެން ގެނެސްފައިވާ ކެވެލިކޮޅެއް ކަމަށެވެ.

"މިކެވެލިކޮޅުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ ކެވެލިކޮޅާ ހަވާލުވެލެއްވުން އެދެން." ފުލުހުން ވިދާޅުވިއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލެއްވުމަށް ފުލުހުން ޝުކުރު ދަންނަވަމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ