14 ކާޓޫން ސިނގިރޭޓާއެކު ވަގަކު ހައްޔަރުކޮށްފި

14 ކާޓޫން ސިނގިރޭޓާއެކު ކ.މާފުށިން ވަގަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، 2019 ޑިސެމްބަރު 23 ވަނަ ދުވަހު ކ. މާފުށި ފިހާރައެއް ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

ފުލުހުން ވަނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް ހައްޔަރުކޮށްފައެވެ.

"މި މައްސަލައިގައި 27 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށް ވަގަށް ނަގާފައިވާ 14 ކާޓޫން ސިނގިރެޓް ހޯދާފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާއިރު، މާލޭ ސިޓީގައި ވައްކަމުގެ މައްސަލައް އިންތިހާއަށް އިތުރުވެ ފުލުހުން ވަނީ ޚާއްޞަ އޮޕަރޭޝަނެއްވެސް ފަށާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ