ރައީސް ޔާމީންގެ ވެރިކަން ނިންމުމަށް އެންމެ ހިތްވަރާއެކު މަސައްކަތް ކުރި އެކަކެވެ. ކަރުނަ ގޭހާއި މިރުސް ދުމުގެ ޝިކާރައަކަށްވެ، އޭރު ސަލާމަތީ ބާރުތަކާ ކުރިމަތިލި އެކަކެވެ.
އެއީ ލ.ފޮނަދޫ ރެޑްރޯސް، އަބްދުﷲ ނިޝްތާރު، ނުވަތަ ފޮނަދޫ މީހުން ދަންނަ ގޮތުންނަމަ ނިއްޓޭއެވެ. ގިނަ ބަޔަކު ނިއްޓޭ ދަންނަނީ ސޯޝަލް މީޑިޔާގެ ތެރެއިންނެވެ. ނިއްޓޭއަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިޔާގެ ޒަރިއްޔާއިން ވެރިންގެ ކަންފަތްފުޅުތަކަށް އަޑު އިއްވައިދިނުމުގައި މިދިޔަ ސަރުކާރުތަކުގައްޔާއި މިހާރުވެސް އެކަމުގައި ހުރި މީހެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ނަމަވެސް ނިއްޓޭއަކީ، ހަމަ އެކަނި ކޮންޕިއުޓަރ ދަށުގައި އިނދެ ކަންކަން ކުރާ، “ކީބޯޑް ވާރިޔާ” އެއް ނޫނެވެ. މީގެ އިތުރުން ޕާޓީގެ އަމަލީ މައިދާނުގައި ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި އަދި ޤައުމަށްޓަކައިވެސް ނިއްޓޭގެ މަސައްކަތް ފެންނަން އެބަހުއްޓެވެ.
މިގޮތުން ރައީސް ޔާމީންގެ ވެރިކަން ނިންމުމަށް އެންމެ ގަޔައަށް އަޑު އުފުލި އެކަކަށް ނިއްޓޭ ވާނެއެވެ. އޭރުގެ ސަރުކާރާ ދެކޮޅަށް ބޭއްވި ކޮންމެ މުޒާހަރާއެއްގައިހެން ބައިވެރިވެ، ނިއްޓޭވަނީ ޖަލުގެ ކުޑަގޮޅީގައި އިންސާފަށް އޭރު ދިވެހީން ކުރި ދަތުރުގެ ތެރޭން ވޭން ތަޙަންމަލްކޮށްފައެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމި، އެމްޑީޕީއަށް ވެރިކަން ލިބުމާ ހަމައަކުން، ނިއްޓޭ ޕާޓީއަށް ކޮށްދެމުން ދިޔަ މަސައްކަތް ނިންމާލީއެއް ނޫނެވެ. އޭގެފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީގެ ސެންޓްރަލް ކެންޕެއިން ޓީމްގައި ހިމެނި، ރާއްޖޭގެ ރަށްތަކަށް އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ރައީސް އާއެކު ނިއްޓޭވަނީ ދަތުރުތައްކޮށްފައެވެ. އަޒުމްވަރުގަދަ ކަމަށް އެންމެންވެސް ޤަބޫލު ކުރާ، އަބްދުﷲ ނިޝްތާރު މިފަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެންޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވަނީ އެމްޑީޕީގެ ތަޞައްވުރާއެކީއެވެ.
"އަޅުގަނޑުގެ ތަޞައްވުރަކީ ޕާޓީގެ ތަޞައްވަރު، - 'ލާމަރުކަޒީ ރާއްޖެ- ޖަޒީޒާ ތަރައްޤީގެ ބިންގާ' . އަޅުގަނޑު އެދެނީ ތިޔަ އެންމެ ލޮބުވެތި މެންބަރުން ބޭނުންވެލައްވާ ޖަޒީރާ ތަރައްޤީ ފޮނަދުއަށް ހޯއްދެވުމަށް ތިޔަ ބޭފުޅުންގެ މަދަދާއި އެހީތެރިކަން." ނިއްޓޭ ވިދާޅުވިއެވެ.

ލ.ފޮނަދޫފައި އެމްޑީޕީގެ ރޫޙް ދިރުވާ އާލާކުރުމަށް އެންމެ ފުރަތަމަ ދުވަހުންސުރެ މިއަދާ ހަމައަށް ކަނޑަނޭޅި މަސައްކަތް ކުރަމުން އަންނަ ނިއްޓޭގެ މަސައްކަތުގައި މިއަދު ބޭނުންވަނީ ލ..ފޮނަދޫ އެމްޑީޕީ މެންބަރުންގެ އެހީތެރިކަމެވެ.




ހިޔާލު
Iraadha kurevviyyaa nuhoveyne.