ދިވެހިރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަރަންޓް ކެނޑިއްޖެއެވެ.
ވެލާނާ އެއާޕޯޓުގައި މިވަގުތު ކަރަންޓް ނެތްއިރު، ޗެކިން ކައުންޓަރުތައް ކައިރީގައި މީހުން އެބަތިބި ކަމަށް މަންޒަރުދުއް ފަރާތްތަކުން މަޢުލޫމާތު ދީފައިވެއެވެ.
އެއާޕޯޓް ޓާމިނަލްގައި ކަރަންޓް ނެތްއިރު، ޑިއުޓީ ފްރީ ފިހާރަތައް ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން ހަރަކާތްތެރިވަމުންދެއެވެ.
VIA in Current Kendifa pic.twitter.com/tDAUBhRxQO
— Ali Wisam (@wii_saam) December 24, 2019
ވެލާނާ އެއާޕޯޓުން ކަރަންޓް ކެނޑިފައި މިވަނީ، މިމަހުގެ 23 ވަނަ ދުވަހު ދެފަހަރެއްގެ މަތިން މަރާމާތަށް އެއާޕޯޓް ބަންދުކުރުމުގެ ސަބަބުން ފްލައިޓައް ކެންސަލް ކުރަންޖެހި، އެކަމުގެ ސަބަބުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.




