ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވަނިކޮށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ގަލޮޅު ޕޮލިސް އިން މާލެ ތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ސައިކަލްގައި ދިޔަ މީހަކަށް ޝައްކު ކުރެވިގެން ހުއްޓުވައި ބެލި އިރު އޭނާ ދުއްވަން އިން ސައިކަލްއަކީ ވަގަށް ނަގައިގެން ދުއްވާ ސައިކަލެއްކަން އެގިފައިވާ ކަމަށެވެ.
ފުލުހުން ވިދަޅުވެފައިވަނީ މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ މީހެއްކަމަށެވެ. އަދި އެސައިކަލް މިހާރު ވަނީ ވެރިފަރާތާއި ހަވާލުކޮށްފައިކަމަށްވެސް ފުލުހުން ވަނީ ވިދާލުވެފައެވެ.
ސައިކަލް ވަގަށް ނެގުމަކީ މާލޭގައި އާންމުވެފައިވާ ކަމަކަށްވާއިރު، މިފަދަ މައްސަލަތައް ދަނީ ދުވަހެއްދުވަހަކަށް އިތުރުވަމުންނެވެ.




