ކަނޑުހުޅުދޫ ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ގއ. ކަނޑުހުޅުދޫ ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކަނޑުހުޅުދޫ ޕޮލިސް ޑެސްކުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ކަނޑުހުޅުދޫގައި ހިނގާ ކުށްތަކާއި ކުށުގެ ވެށިން ސަލާމަތްވުމަށާއި މުދަލާއި ގޯތިގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރަށްކަށްވާތީވެ ކަނޑު ދަތުރުފަތުރު ކުރާއިރު ސަމާލުކަން ދިނުމަށް ނަސޭޙަތްތެރިވެފައި ވާނެ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ފުލުހުން ވިދާޅުވީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުންނާއި ފުލުހުންގެ ފަރާތުން ބޭނުންވާ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ކަނޑުހުޅުދޫ ޕޮލިސް ޑެސްކުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކަނޑުހުޅުދޫގައި ދިރިއުޅޭ ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮތް ގުޅުން މިހާރަވުރެ ބަދަހިކޮށް ރަށުގެ އާންމު ހާލަތު ދެނެގަނެ، ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ