ސިނަމާލެ ބްރިޖް: ފޮޓޯ- ޕީ.އެސް.އެމް

ސިނަމާލެ ބްރިޖް ގައި ސީސީޓީވީ ކެމެރާ ހަރުކޮށްފި

ސިނަމާލެ ބްރިޖް ގައި ސީސީޓީވީ ކެމެރާ ހަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިނަމާލެ ބްރިޖް އަދި ހައިވޭ ގައި ސީސީޓީވީ ކެމެރާ ހަރުކޮށް ބޭނުންކުރަންފަށާފައި ވާކަމަށެވެ.

މުޙައްމަދު ހަމީދު އިތުރަށް ވިދާޅުވީ މިހާރު ކުރިއަށްދަނީ ދުވެލި ބަލާ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކަމަށާއި މިކެމެރާއިން އަމިއްލައަށް ނަމްބާރ ބޯޑް ދެނެގަންނާނެ ކަމަށެވެ.

މި ކެމެރާތައް ބޭނުންކުރަން ފެށުމުން ބްރިޖް މަތީގެ ރައްކާތެރިކަމާއި ސަލާމަތީ ކަންކަން އިތުރަށް ރަނގަޅުވެގެން ދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ