އާންމު ދަތުރު ފަތުރަށް ސިނަމާލެ ބުރިޖް ހުޅުވާލައިފިކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ސިނަމާލެ ބްރިޖް މިވަގުތު ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލާފައިކަމަށާއި ނަމަވެސް ސަލާމަތީ ހިދުމަތްތަކުން ކުރިއަށްގެންދާ ހަރަކާތަށް މިއަދު 18:00 ގެ ކުރިން އަދި އެއްފަހަރު ބްރިޖް ބަންދުކުކުރެވޭނެ ކަމަށެވެ.
ސިނަމާލެ ބްރިޖް ބަންދު ކޮށްފައި ވަނީ ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ ފަރިތަކުރުންތަކަކާއި ގުޅިގެންނެވެ. އެގޮތުން މި ފަރިތަކުރުން ތަކަށް އިއްޔެ އާއި މިއަދު ސިނަމާލެ ބްރިޖް ބަންދު ކުރުމަށް ފުލުހުން ވަނީ ނިންމާފައެވެ.
ސިނަމާލެ ބްރިޖް މިވަގުތު އާންމު ދަތުރުފަތުރަށް ވަނީ ހުޅުވާލާފަ. ނަމަވެސް ސަލާމަތީ ހިދުމަތްތަކުން ކުރިއަށްގެންދާ ހަރަކާތަށް މިއަދު 18:00 ގެ ކުރިން އަދި އެއްފަހަރު ބްރިޖް ބަންދުކުކުރެވޭނެ ވާހަކަ ދަންނަވަން. pic.twitter.com/oClRwGwWot
— Maldives Police (@PoliceMv) October 27, 2020
ފުލުހުން އިއްޔެ ވިދާޅުވެފައި ވަނީ ސިފައިންގެ ތަމްރީނާއި ގުޅިގެންމި މިއަދާއި މާދަމާގެ މެންދުރުފަހު 13:00 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން ބައެއް މަގުތަކާއި ސަރަހައްދުތައް އެކި ވަގުތުތަކުގައި ބަންދުކުރަމުން ގެންދާނެކަމަށެވެ.
އެގޮތުން ފަރިތަކުރުންތަކަކަށް ބަންދުކޮށްފައިވާ ސަރަހައްދުތަކަކީ އެއާޕޯޓް މަގާއި، ސިނަމާލެ ބްރިޖާއި، ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަޙައްދުތަކުގެ އިތުރުން ގްރީން ޒޯން އެވެ.
ފުލުހުންނާއި އެމްއެންޑީއެފުން ކުރިއަށްގެންދާ ތަމްރީންތަކަށް މީގެ ކުރިން ވެސް ބްރިޖާއި މާލެ، ހުޅުމާލެ އަދި އެއާޕޯޓުގެ ސަރަހައްދުތައް ބަންދުކޮށްފައި ވެއެވެ.



