މާލޭ މަގުމަތީ ހަމަޖެހިގެން ހިނގާލެވެން ނެތް ކަމުގައި މަޖިލީހުގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ނައިބުރައީސްކަންވެސް ކުރައްވާފައިވާ އަލްޙާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބިރުން ސިއްސައިގެން ގޮސް ވެއްޓޭ ވަރަށް އަޑު ގަދަ ސައިލެންސަރު އަޅުވައިގެން އެބިރު ދައްކަމުން އާދަޔާ ޚިލާފަށް ބާރަށް ސައިކަލާއި، ކާރު މާލޭ މަގުތަކުގައި ދުއްވުން ހުއްޓުވަން ޖެހޭކަމަށެވެ. މިފަދަ އުނދަގޫތަކާހުރެ މަގުމަތީ ހަމަޖެހިގެން ހިނގާލެވެންވެސް ނެތް ކަމުގައި އަލްހާން ވަނީ ވިދާޅުވެފައެވެ.
ބިރުން ސިއްސައިގެން ގޮސް ވެއްޓޭ ވަރަށް އަޑު ގަދަ ސައިލެންސަރު އަޅުވައިގެން އެބިރު ދައްކަމުން އާދަޔާ ޚިލާފަށް ބާރަށް ސައިކަލާ ކާރު މާލޭ މަގުތަކުގައި ދުއްވުން ހުއްޓުވަން ޖެހޭ!
— ALHAN FAHMY ?? (@AlhanFahmy) December 27, 2019
މަގުމަތީ ހަމަޖެހިގެން ހިނގާލެވޭކަށްވެސް ނެތް!
ކުރިން ސިޔާސީ ކަންކަމުގައި ފާހަގަ ކޮށްލެވުނު ނަމަވެސް އެފަދަ ކަންކަމުން ފެނުން މަދުވެފައިވާ އަލްހާން މީގެ ކުރިން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އުޅަނދުތައް ދުއްވަން އެކަށީގެންވާ ރަންގަޅު މަގުތައް ހަދައިދޭން ޖެހޭނެކަމަށެވެ.
"ރޯޑް ވާރދިނަސް ހައްދާ އުޅަނދުތައް ދުއްވަން އެކަށީގެންވާ މަގު ނުދެވެންޏާ ހަލާކުވީމަ ހަދާދޭންވެސް ޖެހޭނެ!" އަލްހާން ވިދާޅުވެފައިވެއެވެ. އަލްހާން ވަނީ މަގުމަތީގައި ކާރު ދުއްވާއިރު ހީވަނީ ކަނޑެއްގަ ދުއްވާހެންކަމަށްވެސް ވިދާޅުވެފައެވެ.




