ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ޤާސިމް އިބްރާހީމް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ޖޭޕީ

ޖުމްހޫރީ ޕާޓީން ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ތާއިދުކޮށްފި

ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ޖުމްހޫރީ ޕާޓީން ކެންޑިޑޭޓުން ކުރިމަތިލާފައިނުވާ ދާއިރާތަކުގެ ޕްރޮގްރެސިވް ކޯލިޝަނުގެ ކެންޑިޑޭޓުންނަށް ތާއިދު ކުރާކަން ރަސްމީކޮށް ޖުމްހޫރީ ޕާޓީން އިއުލާނުކޮށްފިއެވެ.

މިރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ކެމްޕޭން ހަރަކާތެއްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، އެކަމުގެ ފުރިހަމަ މައުލޫމާތު މާދަމާ ރޭ ބާއްވާ ނޫސްކޮވެރިންގެ ބައްދަލުވުމެއްގައި އިއުލާނު ކުރާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީން ޕްރޮގެރެސިވް ކޯލިޝަނުގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރާނެކަން ޖުމްހޫރީ ޕާޓީން ހާމަކޮށްފައި މިވަނީ، ޕްރޮގްރެސިވް ކޯލިޝަނާއި، ޖުމްހޫރީ ޕާޓީ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 66 ދާއިރާއަށް ވާދަކުރާނެކަން، ޕްރޮގްރެސިވް ކޯލިޝަނުން ރޭ އިއުލާން ކޮށްފައި ވަނިކޮށެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރާ 32 ދާއިރާއަކަށް ޖޭޕީން ކެންޑިޑޭޓުން ނުނެރޭއިރު، ޖޭޕީން ވާދަކުރާ 34 ދާއިރާއެއްގެ ކެންޑިޑޭޓުންނަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ތާއިދު ކުރާކަށް އިއުލާން ކޮށްފައެވެ.

މަޖިލިސް އިންތިޚާބަށް މިފަދަ ކޯލިޝަނެއް އޮތްކަން ޕްރޮގްރެސިވް ކޯލިޝަނުން އަދި ޖުމްހޫރީ ޕާޓީންވެސް އިއުލާން ކޮށްފައި މިވަނީ ރާއްޖޭން ބޭރުގައި ޖުމްހޫރީ ޕާޓީއާއި، ޕްރޮގްރެސިވް ކޯލިޝަނުން މަޝަވަރާ ކުރަމުންދާކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ