ހަސަން ލަތީފް - ފޮޓޯ: މަޖިލިސް

ޤައުމީ އިންޓެލިޖެންސް އެޖެންސީއެއް އުފެއްދުމަށް ހަސަން ލަތީފް ގޮވާލައްފައިފި

ޤައުމީ އިންޓެލިޖެންސް އެޖެންސީއެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ގޮވާލައްވައިފިއެވެ.

ހަސަން ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ޤަބޫލުކުރާގޮތުގައި މަނީލޯންޑްރިންގެ މައްސަލަތަކާއި، މީހުން ޓްރެފިކް ކުރުމުގެ މައްސަލަތަކުގެ އިތުރުން ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި ދެކޮޅަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތުގައި އެންމެ އިސްކަމެއް ދީގެން ޤައުމީ އިންޓެލިޖެންސް އެޖެންސީ އެއް އުފަންދަށް ޖެހޭ ކަމަށެވެ.

ހަސަން ލަޠީފް މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު، ހައްދުފަހަނައެޅި ފިކުރުގެ މީހުންނާއި ދެކޮޅަށް މިހިނގާ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހުން ފެށިގެން ފުލުހުންނާއި ސަލާމަތީ ބާރުތަކުން ރ.މަޑުއްވަރީގައި ހިންގަމުން ދާ އޮޕަރޭޝަންގައި ހަރުކަށި ފިކުރުގެ ތިން މީހަކު މިހާތަނަށް ޙައްޔަރުކޮށްފައިވެއެވެ. އަދި މީގެ ތިންދުވަސް ކުރިން އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް މަތިކޮށް ރާއްޖޭގައި ޙަތިޔާރާއިއެކު ސިފައިން ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ