ކޮކްޓެއިލް ކޮމިޝަންތަކަށް ބާރުދޭކަށް ނުޖެހޭ - ޤާސިމް

ރައީސް ޞޯލިޙް އެކުލަވާލައްވަން އުޅުއްވަނީ ޤާނޫނީ އިމުގެ ބޭރުން އެކުލަވާލެވޭ "ކޮކްޓެއިލް ކޮމިޝަންތަކެއް" ކަމަށް ވިދާޅުވެ ޤާސިމް އިބްރާހީމް އެ ކޮމިޝަނަތަކަށް ޤާނޫނީ ބާރުދޭ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޢަބްދުﷲ ރިޔާޒުގެ ކެމްޕޭން ލޯންޗު ކުރުމަށް މިހާރު ބާއްވަމުންދާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވީ، ސަރުކާރުން ފާސްކުރަން އުޅޭ ކޮމިޝަންތަކަށް ބާރުދިނުމުގެ ބިލަކީ ކަނޑައެޅިގެން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ތައާރުޒުވާ ބިލެއް ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ވީތޯ ކަނޑައެޅިގެން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ތައާރުޒުވާ، ޤާނޫނު އަސާސީން އިން ވަކިކޮށްފައި އިންވަކިކޮށްފައިހުރި، އެކި އެކި މުއައްސަސާތަކައް ދީފައިހުރި ބާރުތައް ފުރޮޅާލާފައި، ކޮންމެސް ކޮމިޝަނެއް ހަދާފަ ކޮމިޝަނެއްގެ މައްޗަށް ބާރުވެރިކަން ދީގެން، މިހުރިހާ މުއައްސަސާއެއް (އެންޓި ކޮރަޕްޝަން ކޮމިޝަން ވިޔަސް، ޕީޖީކަމަށްވިޔަސް، އަދި ފުލުހުންގެ މަސައްކަތް ވިޔަސް، ހިއުމަން ރައިޓްސް ކޮމިޝަނުން ކުރާ މަސައްކަތް ވިޔަސް) ހުރިހާ އެއްޗެއް އެއްކޮށްލައިގެން އެންމެ ހަތަރު ފަސްމީހަކު ނުވަތަ ހަތް މީހެއްގެ މައްޗަށް އެކުލެވޭ ބަޔަކު އުފައްދާ ކޮމިޝަނަކަށް ބާރުދޭން؟" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އެފަދަ ގޮތަކަށް އަމަލުކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ހުއްދަކުރާ ކަންކަން ނޫން ކަމަށާއި، އެގޮތަށް އެކަންކަން ކުރެވިއްޖިއްޔާ އެދަނީ ނުބައި މަގުން ކަމަށެވެ.

"މީގެ ކުރީގައިވެސް ރައީސުން ތިއްބެވި. ރައީސް، މަޢުމޫން، ނަޝީދު އަދި ޔާމީންވެސް ވެރިކަމުގައި ކޮމިޝަންތައް އުފެއްދެވި. ނަމަވެސް ޤާނޫނެއް ހަދައިގެން، ޤާނޫނު އަސާސީން މެންޑޭޓް ދެވިފައިހުރި ދައުލަތުގެ މުއައްސަސާތަކުގެ ބާރުތައް "ކޮކްޓެއިލަކަށް" ހަދައިގެން އެއްތަނަކަށް އަޅައިގެން، އެ ނަންގަވާ ރައީސުލްޖުމްހޫރިއްޔާ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ނަގާ ކޮމެޓީއަކަށް ދޭކަށް އެއްގޮތަކަށްވެސް އެބޭފުޅުންނެއް ނޫޅުއްވާ." ރައީސް ޞޯލިޙަށް ފާޑުވިދާޅުވެ، ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، އެގޮތަށް ހެދޭ "ކޮކްޓެއިލް" ކޮމިޝަނަކަށް ބާރުތައް ދިނުމަކީ ޤާނޫނު އަސާސީ ހުއްދަކުރާ ކަމެއް ކަމަށް އެމަނިކުފާނު ދެކިނުލައްވާ ކަމަށާއި، ކޮމިޝަނަށް އެގޮތަށް ބާރުދިނީމަ ދެން ވާނެގޮތާ މެދުގައިވެސް ވިސްނާލަންޖެހޭކަމަށެވެ.

"ކައްޗަށް ނެގި ބިންގަލެއް ކެއްޗާ ހަމައަށް ދިޔަޔަސް ދާނީ ކައްޗަށޭ ބުނާފަދައިން، އެއީ ރަނގަޅު ބިންގަލަކަށް ހަމަގައިމުވެސް ނުވާނެ." ޤާސިމް ވިދާޅުވިއެވެ.

ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރުގެ އެއް ބައިވެރިޔާ އޮނަރަބަލް ޤާސިމް އިބްރާހީމް ވާހަކަދެއްކެވިއިރު، އެ ބިލް މަޖިލީހުން ފާސްނުވެ މަޖިލީހުގައި ތާށިވެފައި އޮތް މައްސަލަ ވަނީ ފެންމަތިވެފައެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން

ހިޔާލު

  1. wekuveriya

    Saabahee gaasim gaumahbeenunhaagotheh hedhiyanudheethi theegaumeebathaleh

  2. Neem

    GASIM ge maslahath otheema baaru dheyn nukerenee

    1
    1

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް